

އުމްރާގެ މަތިވެރި އަޅުކަމަށް މައްކާއަށް ދިޔަ ދަތުރުވެރިއަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ތ.ވަންދޫއަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ ފަރާތެއް ކަމަށް މައުލޫމާތު ލިބެއެވެ.
ތައިބާ ހައްޖެ އެންޑް އުމްރާ ގްރޫޕް އެކުގައި އުމްރާގެ އަޅުކަަމަށް ގޮއްސް ހުއްޓާ މި ފަރާތް ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ނިޔާވި މީހާގެ މައްޗަށް ކުރެވޭ ކަށު ނަމާދު ފަތިސް ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ތައިބާ ހައްޖު ގްރޫޕުން މައުލޫމާތުދެއެވެ.
މި ޖަނާޒާގައި މައްކާގައި މިވަގުތު ތިއްބެވި ހުރިހާ ދިވެހިންވެސް ބައިވެރިވުމަށް އެ ގްރޫޕް އިން ވަނީ އެދިފައެވެ.