April 29, 2026
Advertisement
-
- / ސީ.އެން.އެން

ބޭނުންވަނީ ކާއެތިކޮޅެއް: ޣައްޒާ ކުޑަކުދިން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 27, 2025, 08:26 PM
މާލެ ސިޓީ

ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ސަހްޔޫނީން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ބަނޑުހައި ހޫނުކަމާއި ކުރިމަތިލާންޖެހި ޣައްޒާގެ ތުއްތު ތުއްތު އެތައް ފުރާނަތަކެއް ކޮންމެ ދުވަހަކު ކާނެ އެއްޗެއް ނުލިބި ދަނީ ޝަހީދުވަމުންނެވެ.

Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެތަކެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ކާނެ އެއްޗެއް ނުލިބި އެތައް ދުވަހެއް ފާއިތުވެ “މާލްނިއުޓްރިޝަން” އާއި ކުރިމަތިލައި ތުއްތު ފުރާނަތަކުގެ އިތުރުން ބޮޑެތި މީހުންވެސް އަންނަނީ މަރުވަމުންނެވެ.

ނިއުކްލިއަރ ހަތިޔާރުތަކުގެ އިތުރުން، ކެއުމުން ފަލަސްތީނުގެ ރައްޔިތުން މަހުރޫމްކޮށް ސަހްޔޫނީނުން އަންނަނީ މުސްލިމުން ނެތިކޮށްލުމަށް އެމީހުންގެ ބާރުން ކުރެވުނު ހުރިހާ ކަމެއް ކުރަމުންނެވެ.

ފަލަސްތީނުގެ ރައްޔިތުން އެދެމުންދަނީ ކާނާއަށާއި ކަރު ހިއްކާލާނެ ފެންފޮދަކަށެވެ. ކާއެއްޗެހިތައް ކުރިމަތިން ފެނި އަތްލެވުމުގެ ކުރިން ފުރާނަތައް އަންނަނީ މި ދުނިޔެއާއި އަލްވަދާއު ކިޔަމުންނެވެ.

ބަލިތައް އިންތިހާއަށް ފެތުރި އެކަށީގެންވާ ފަރުވާ ދެވޭނެ ނިޒާމެއް ފަލަސްތީނުގައި ނެތެވެ. ހާލަތު މިހެން ހުރި އިރުވެސް، ފަލަސްތީނަށްޓަކައި ސަހްޔޫނީންނާއި ތެދުވަން ކެރެނީ އިރާންފަދަ މަދު ގައުމަތަކަށެވެެ.

އަރަބި ގައުމުތައް ހަނު ތިބެ، ސަހްޔޫނީންގެ ހަމަލާތައް ކުށްވެރިކުރުން ފިޔަވައި އިތުރު ފިޔަވަޅެއް ނަގާ ތަނެއް ނުފެނެއެވެ. ސަހްޔޫނީންނަށް ވާގިވެރިވާ އިންޑިއާ ފަދަ ގައުމުތަކަށް ރަސްމީ އިއްޒަތުގައި ޝަރަފުވެރިންގެ ގޮތުގައި ދިވެހިރާއްޖޭގެ ސަރުކާރުންވެސް އަމަލުތައް ބެހެއްޓުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved