theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ދުނިޔެ
ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލުމާއެކު ޣައްޒާއަށް އެހީގެ ޓްރެކްތައް ވެއްދުމުގެ މަސައްކަތް ކުރިއަށް ދަނީ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
27 ޖުލައި 2025
މާލެ ސިޓީ

ސަހްޔޫނީން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމާއެކު މިސްރުމަގުން އެހީގެ ޓްރަކްތައް ވެއްދުމުގެ މަސައްކަތް އެހީދޭ ޖަމިއްޔާތަކުން ފަށައިފިއެވެ.

ސަހްޔޫނީން 12 ގަޑި އިރަށް ހަމަލާތައް މެދު ކަނޑާލިކަން އިއުލާން ކުރުމާއި އެކު އެހީގެ ޓްރަކްތައް ޢައްޒާއަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ވަނީ މައުލޫމާތު ހާމަކޮށްފައެވެ.

މިގޮތުން އެހީގެ 14 ޓްރަކެއް މިހާރު އުރުދޫ ކޮޅުން ޣައްޒާއަށް ފޮނުވާލާފައިވާކަމަށާއި، އެ ޓްރަކްތައް މިހާރު ބޯޑަރު ހުރަސްކޮށް ވަންނަމުންދާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން އައިއޭސީއާ އެކު މަސައްކަތްކުރާ ކޯލިޝަނުގެ 130 ޓްރަކް ޣައްޒާތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މީގެ ތެރެއިން 10 ޓްރަކަކީ ދިވެހިންގެ އެހީގައި ފޮނުވާ ޓްރަކްތައްކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

ކޮންމެ ދުވަހެއްގެވެސް ވަކި ވަގުތުތަކެއްގައި އެހީގެ ޓްރަކްތައް ޣައްޒާއަށް އެތެރެ ކުރުމުގެ ހުއްދަ ސަހްޔޫނީން ދީފައިވީ ނަމަވެސް މިއީ ކިހާ ދުވަހަކަށް ނުވަތަ ގަޑިއިރަކަށް ދެމިގެންދާނެ ކަމެއް ކަމަށް ނޭނގެއެވެ.

ސަހްޔޫނީންނަކީ އެއްބަސްވުންތަކާއި ޚިލާފުވުމުގެ މިސާލު ޖެހޭ ވަރުގެ ބަޔަކަށް ވާއިރު، ޣައްޒާގެ ރައްޔިތުން ބަނޑަށް މަރަމުންދާތީ ގިނަ ގައުމުތަކުގެ ފާޑުކިޔުން އަންނަނީ ސަހްޔޫނީންނަށް އަމާޒުވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved