May 18, 2026
Advertisement
-
- / އަލްޖަޒީރާ

ބެންކޮކް މާރުކޭޓެއްގައި ބަޑިޖަހައި 6 މީހަކު މަރާލައިފި

Aiminath Sarah
އައިމިނަތް ސާރާ
Jul 28, 2025, 11:15 PM
މާލެ ސިޓީ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ބަޑިން ހަމަލާދީ 6 މީހަކު މަރާލައިފިއެވެ.

Advertisement

ތައިލެންޑްގެ މީޑިއާތަކުން ބުނާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާ މާރުކެޓެއްގެ ތެރޭގައެވެ. އެއީ މަޝްހޫރު އޯތޯކޯ މާރުކޭޓެވެ.

ބަޑިހިފައިގެން ހުރި މި މީހާ 6 މީހަކަށް ބަޑިން ހަމަލާދީ މަރާލާފައިވާއިރު، ހަމަލާދިން މީހާވެސް ވަނީ އަމިއްލައަށް މަރުވެފައެވެ.

ބެންކޮކްގެ އޯތޯކޯ މާރުކޭޓަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ މާރުކޭޓެކެވެ. ތައިލެންޑްގައި މިފަދަ ހަމަލާތައް ދިނުމަކީ އާއްމުކަމެއް ނޫނެވެ. ނަމަވެސް ބަޑި ގެންގުޅުމުގެ ގަވާއިދުތައް ހުރިގޮތުން މިފަދަ ކަންކަން ކުރަން އެހާ އުނދަގޫނުވާނޭކަމަށް އެޤައުމުގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ތައިލޭންޑް ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved