March 14, 2026
Advertisement
-
- / އަރަބި ސެންޓަރ

އިންޑިއާ ސިފައިން ކަޝްމީރުގެ 03 މުސްލިމުން ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 29, 2025, 05:18 AM
މާލެ ސިޓީ

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން “ނިރުބަވެރިން” ކަމަށް ބުނެ އިންޑިއާ ސިފައިން 03 މުސްލިމެއްގެ ގަޔަށް ބަޑި ޖަހައި މަރާލާފިއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ ހަމަނުޖެހުން ހިނގި މައި ސިޓީކަމަށްވާ ސްރީނަގަރް އާއި ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ ދަޗިގަމް ފަރުބަދަމަތީގައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާގެ މޯދީ ސަރުކާރުން އަންނަނީ ކަޝްމީރުގެ މުސްލިމުންގެ ބޮލުގައި ޓެރަރިސްޓް ޓެގް އަޅުވައި އެމީހުން މަރާ ދިރިއުޅުމަށް ދަތި ކުރަމުންނެވެ.

މިގޮތުން، އެމީހުންގެ ހުރިހާ ހަރަކާތްތަކަކަށް ފާރަލާ، ބަލިވުމުން ފަރުވާއަށް ހުރަސް އަޅާ މަރުވާން އަންނަނީ ދޫކޮށްލަމުންނެވެ.

މީގެ އިތުރުން، މޯދީ ސަރުކާރަކީ ފަލަސްތީނުގެ މުސްލިމުން މަރަން ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދީ މުސްލިމުންނާއި ދެކޮޅަށް ފާޅުގައި ހަރަކާތްތެރި ވަމުން އަންނަ ބަޔެކެވެ.

އިންޑިއާ ސިފައިން މިހާތަނަށް ކަޝްމީރުގެ އެތައް ހާސް މުސްލިމުން އެކި ގޮތްގޮތަށް އަނިޔާކޮށް މަރާލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved