April 30, 2026
Advertisement
-
- / ސީ.އެން.އެން

އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް ބިންހެލުމެއް އަތުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 29, 2025, 12:53 PM
މާލެ ސިޓީ

އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް ރޭ ރިކޯޑްކުރެވިފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

މި ބިންހެލުން އައީ ރާއްޖެ ގަޑިން 23:41 ގައި ކަމަށާއި މި ބިންހެލުމާ ގުޅިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމުގެ އަސަރުކޮށްފައިވާ ކަމަށް މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފައިވެއެވެ.

މީގެކުރިން ވެސް ނިކޮބާ އައިލެންޑްސް ކައިރިއަށް ދޭތެރެ ދޭތެރެއިން ކުދި ބިންހެލުންތައް އަންނަކަން ފާހަގަކުރެވެއެވެ.

އިންޑިއަން ސުނާމީ އާލީ ވޯނިން ސެންޓަރު (އައިޓީއީޑަބްލިއުސީ) އިން ބުނީ 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައީ 43 ކިލޯމީޓަރު އަޑިން ކަމަށެވެ. މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމަކަށް ނުބެލެވޭ ކަމަށް އެ ތަނުން ބުންޏެވެ.

އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ އިންޑޮނޭޝިއާގެ ސަބަންގުއާ 258 ކިލޯމީޓަރު ދުރުން 6.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައި ކަމަށް ރިކޯޑު ކުރެވިފައިވާ ކަމަށެވެ.

މި ބިންހެލުމާ ގުޅިގެން އިންޑިއާއަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ނެތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved