April 30, 2026
Advertisement
ކެނެޑާގެ ޕްރައިމް މިނިސްޓަރ
ކެނެޑާގެ ޕްރައިމް މިނިސްޓަރ / ސީ.އެން.އެން

ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ވިސްނުން ގެންގުޅޭ: ކެނެޑާގެ ބޮޑުވަޒީރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 31, 2025, 05:03 PM
މާލެ ސިޓީ

ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ ވިސްނުން ގެންގުޅޭ ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެ އެވެ.

Advertisement

ކާނީ ވިދާޅުވީ މިއީ ފަލަސްތީނާއި ސަހްޔޫނީންގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ދެ ދައުލަތް އުފެއްދުން ކަމަށް ކެނެޑާއިން ޒަމާނުންސުރެ ގަބޫލުކުރާއިރު އެކަން ކުރުމަށް އޮތް އުންމީދު "ލޯ ކުރިމަތީގައި ފަނޑުވަމުންދާތީ" ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.

ކެނެޑާގެ މި ނިންމުމަކީ ސިޔާސަތަށް ގެނައި ކުއްލި ބަދަލެއްގެ ގޮތުގައި ބެލެވިފައި ވާއިރު މި ނިންމުމަށް ސަހްޔޫނީން ވަނީ ވަގުތުން ދެކޮޅުހަދައި ފާޑު ކިޔައިފަ އެވެ.

ސެޕްޓެމްބަރު 2025 ގައި ބާއްވާ އދ.ގެ 80 ވަނަ އާންމު މަޖިލީހުގައި ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ގަސްތުކުރަން

ބޮޑު ވަޒީރު ވިދާޅުވިއެވެ.

ކެނެޑާ އަކީ ސެޕްޓެމްބަރު މަހު ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނުކުރި ތިން ވަނަ ގައުމެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ނުފޫޒު ގަދަ ގައުމުތަކުގެ ތެރެއިން ފްރާންސާއި އިނގިރޭސި ވިލާތުން މީގެ ކުރިން ވަނީ މިކަން އިއުލާނުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved