April 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މޮރޮކޯއިން 180 ޓަނުގެ އެހީ ފަލަސްތީނަށް ފޯރުކޮށްދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 2, 2025, 05:04 PM
މާލެ ސިޓީ

މޮރޮކޯއިން 180 ޓަނުގެ އެހީ ފަލަސްތީނަށް ފޯރުކޮށްދީފިއެވެ.

Advertisement

މޮރޮކޯގެ އަލްއަރަބިއްޔާ ނިއުސް ޗެނަލްއިން ހާމަކޮށްފައިވާ ގޮތުގައި ކާބޯތަކެއްޗާއި ބޭސްފަރުވާ އަށް ބޭނުންވާ ސާމާނުތައް ވަނީ މިއެހީގެ ތެރޭގައި ހިމަނާފައިވެއެވެ.

ސަހްޔޫނީން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ވަނީ ބަނޑަށްޖެހި، ބޭސްފަރުވާއަށް އިންތިހާއަށް ބޭނުންޖެހިފައެވެ.

މިދިޔަ ހަފްތާ ތެރޭގައި 12 ގަޑިއިރަށް ހަނގުރާމަ މެދުކަނޑާލި ދަނޑިވަޅުގައި އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ވަނީ ޣައްޒާގެ ތެރެއަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކޮށްފައެވެ.

ނަމަވެސް، ސަހްޔޫނީންގެ ދަތިކުރުންތައް ބޮޑުކޮށް އެހީގެ ގޮތުގައި ޣައްޒާގެ ތެރެއަށް ވަދެފައިވަނީ މަދު ޓްރަކްތަކެވެ.

2023 އޮކްޓޯބަރު 07 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީން ހިންގަމުންދާ ހަނގުރާމައަށް ދެ އަހަރުވާން ކައިރިވެފައިވާއިރު ފަލަސްތީނުގެ ލައްކައެއްހާ މީހުން ވަނީ ޝަހީދުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved