March 11, 2026
Advertisement
 ފިޔޯރީ
ފިޔޯރީ / ގެޓީ އިމޭޖަސް

ރުކެއް ކަނޑަން އުޅުމުގެ ތެރޭގައި މޭކަށިގަނޑު ބިނދި ބޮޑު އަނިޔާއެއް

Sudha Latheef
ސުދާ ލަތީފް
Aug 7, 2025, 06:42 PM
މާލެ ސިޓީ

ގދ. ފިޔޯރީގައި ރުކެއް ކަނޑަން އުޅުމުގެ ތެރޭގައި މީހެއްގެ މޭކަށިގަނޑު ބިންދައިގެން ގޮސްފިއެވެ.

Advertisement

އެ ހާދިސާގައި އަނިޔާވެފައިވަނީ ފިޔޯރީގެ 38 އަހަރު ޒުވާނެއް ކަމަށްވާ އަނީދު ސައީދަށެވެ.

ފިޔޯރީ ކައުންސިލްގެ އޮފޝަލަކު ބުނެފައިވަނީ އަނީދަށް އަނިޔާވީ، ރުއް ކަނޑަން އެއްސި ވާ އަނީދުގެ ފައިގައި އޮޅި، އޭނާ ދުރަށް ވިއްސައިގެން ގޮސް ކަމަށެވެ. މޭކަށިގަނޑު ބިނދި، އިތުރު އަނިޔާތަކެއް އޭނާއަށް ވަނީ ލިބިފަ އެވެ.

އަނީދު ފުރަތަމަ ގެންދިޔައީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.

އިތުރު ފަރުވާއަށް އަނީދު މާލެއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުންދާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved