April 17, 2026
Advertisement
-
- / އަލްޖަޒީރާ

ބަނޑުހައި ހޫނުކަމުގައި މިހާތަނަށް 179 މީހުން ޣައްޒާގައި ޝަހީދުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 7, 2025, 11:21 PM
މާލެ ސިޓީ

ފަލަސްތީނުގެ ޣައްޒާގައި ބަނޑުހައި ހޫނުކަމުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 197 އަށް އަރައިފިއެވެ.

Advertisement

ސަހްޔޫނީން އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގެ ސަބަބުން ކުށެއް ނެތް އާންމު ރައްޔިތުން އަންނަނީ އެތަކެއް ތަކުލީފުތަކާއި ކުރިމަތިލަމުންނެވެ.

މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އެތައް ބަޔަކު ބަނޑުހައިހޫނުކަމުގައި ތިބިއިރު ޣައްޒާއަށް އެހީ ފަސޭހަ ގޮތެއްގައި ވައްދަނީ ހަމައެކަނި ސަހްޔޫނީންނާއި އެމެރިކާ އާއި ގުޅުން އޮންނަ ޖަމިއްޔާތަކަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަނޑަށް ޖެހިގެން ޣައްޒާއިން ހަތަރު މީހުން ޝަހީދުވެފައިވެއެވެ. މިއާއެކު، ބަނޑުހައިހޫނުކަމުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 197 އަށް އަރައިފައެވެ. މީގެތެރޭގައި 96 ކުޑަކުދިން ހިމެނެއެވެ.

އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ފަލަސްތީނުގެ 98 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި އެހީ ބަހާ ސަރަހައްދުތަކުން ޝަހީދުކޮށްލި 51 މީހުން ހިމެނެއެވެ. އަދި 603 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

2023 ވަނަ އަހަރު އޮކްޓޯބަރު މަހުގައި ފެށިގެން ދިޔަ މި ހަނގުރާމައިގައި ޣައްޒާ އިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 61،258 އަށް އަރައިފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 152،045 އަށް އަރައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved