April 17, 2026
Advertisement
-
- / އަލްޖަޒީރާ

ޣައްޒާ ނުހިފޭނެ، ގަތުލުއާންމު ހުއްޓާލާ: ސަހްޔޫނީންގެ ރައްޔިތުން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 11, 2025, 02:44 AM
މާލެ ސިޓީ

ސަހްޔޫނީ އަސްކަރިއްޔާއިން ޣައްޒާ އެއްކޮށް ހިސޯރުކުރުމަށް ފުރިހަމަ ތައްޔާރުވަމުން އަންނައިރު މި ނިންމުމާއި ދެކޮޅަށް ސއެ ގައުމުގެ ރައްޔިތުން ތެދުވެއްޖެއެވެ.

Advertisement

ސަހްޔޫނީންގެ ވެރި ރަށް ތެލް އަވީވް އާއި އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ޣައްޒާ ހިފުމާއި ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވާއިރު މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށެވެ.

މީގެ އިތުރުން ޣައްޒާގައި ތިބި އަސީރުން މިނިވަން ކުރުމަށް އެއްބަސްވުންތަކަށް ދިޔުމަށާއި، ޣައްޒާ ހިފާ ހަނގުރާމަ ކުރިއަށް ގެންދާނަމަ ސަހްޔޫނީންނަށްވެސް އޭގެ އަސަރު ކުރާނެ ކަމަށް ބުނެ އަޑުއުފުލާފައިވެއެވެ.

މިއާއި އެކު ޣައްޒާގައި ހައްޔަރުވެފައިތިބި ސަހްޔޫނީންގެ އަސީރުން އެ ގައުމުގެ ސަރުކާރުން ގުރުބާން ކުރަމުން އަންނަ ކަމަށާއި ސަރުކާރުގެ ސަބަބުން ހުރިހާ ތަކުލީފެއް އުފުލަން ޖެހިފައިވަނީ ރައްޔިތުންނަށް ކަމަށް ބުނެފައިވެއެވެ.

ތެލް އަވީވްގެ ހޮސްޓޭޖަސް ސްކުއާގައި 10،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެއްވުމެއްގައި ވާހަކަ ދައްކަމުން ކުރިން އަސީރެއްގެ ގޮތުގައި ހުރި ނަމަވެސް ފަހުން މިނިވަންވި ޝެރޯން އަލޯނީ-ކޫނިއޯ ވަނީ، އޭނާގެ ފިރިމީހާ ޑޭވިޑް ކޫނިއޯ އަދިވެސް ހައްޔަރުކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ

ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޔަމިން ނެތަންޔާހޫ ބުނެފައިވަނީ، އެމީހުންގެ މަގްސަދަކީ ޣައްޒާ ހިފުން ނޫން ކަމަށާއި ހަމާސް ނައްތާލައި، ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލުމަށްފަހު، ޣައްޒާގެ ކަންކަން ހަވާލުކުރާނީ ވަގުތީ ސަރުކާރަކާ ކަމަށެވެ.

ސަހްޔޫނީން ހިންގަމުންދާނީ މި ހަނގުރާމައިގައި ޣައްޒާގެ އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެ، ނުރައްކާތެރި ޒަޚަމްތަކާއި ކުރިމަތިލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved