April 17, 2026
Advertisement
-
- / އަލްޖަޒީރާ

ފަލަސްތީނުގެ ދައުލަތް ގާއިމް ކުރަން އދ.ގެ ތިން ބައިކުޅަ އެއްބައި މެންބަރުން ތާއީދުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 12, 2025, 02:35 AM
މާލެ ސިޓީ

ފަލަސްތީނުގެ ދައުލަތް ގާއިމް ކުރަން އދ.ގެ ތިން ބައިކުޅަ އެއްބައި މެންބަރުން ތާއީދުކޮށްފިއެވެ.

Advertisement

2023 ވަނަ އަހަރުން ފެށިގެން ސަހްޔޫނީނުން ފަލަސްތީނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީން ސުންނާފަތިވެ އެތަކެއް ހާސް ބަޔަކު ޝަހީދުވަމުން ދިޔުމުގެ ސަބަބުން ފަލަސްތީނަށް އަމިއްލަ ދައުލަތެއްގެ ދަރަޖަ ދިނުމުގެ މަސައްކަތް ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ފަށައިފައެވެ.

މިގޮތުން، ޔޫރަޕްގެ ގިނަ އަދަދެއްގެ ގައުމުތަކުން ވަނީ ސެޕްޓެމްބަރު މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި މިކަމަށް ތާއިދުކުރުމަށް ނިންމަވާފައިކަން ފާހަގަކުރެވެއެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި އދ.ގެ 193 މެންބަރުންގެ ތެރެއިން މަދުވެގެން 145 މެންބަރުން ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމާއި މެދު ވިސްނުން ގެންގުޅުއްވައެވެ. އޭގެ ތެރޭގައި ފްރާންސް، ކެނެޑާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ވެސް ހިމެނެއެވެ.

ސަހްޔޫނީންގެ މި ހަނގުރާމަ ހުއްޓާލުމަށް ގިނަ ގައުމުތަކުން ގޮވަމުންދާއިރު، ސުލްހައިގެ އެއްބަސްވުމަށް ނުދާން ސަހްޔޫނީން އަންނަނީ ބުނަމުންނެވެ. އަދި ފަލަސްތީނުގެ ޣައްޒާ އެއްކޮށް ހިފާ ސަހްޔޫނީންގެ ބާރު ދަށަށް ގެނައުމުގެ މަސައްކަތް އެ ގައުމުން ވަނީ މިހާރު ފަށާފައެވެ.

މީގެ އިތުރުން، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާ، ޒަރޫރީ ޚިދުމަތްތަކުން ޣައްޒާގެ ރައްޔިތުން ސަހްޔޫނީން އަންނަނީ މަހުރޫމް ކުރަމުންނެވެ. މިއާއި އެކު ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށާއި އެހީ ފޯރުކޮށްދޭ ސައިޓްތަަކަށްވެސް އަމާޒުކޮށް ސަހްޔޫނީން އަންނަނީ ހަމަލާތައް ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ދުނިޔެއަށް އަންގަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved