April 17, 2026
Advertisement
-
- / އަލްޖަޒީރާ

ސަހްޔޫނީންގެ ހަމަލާއެއްގައި އަލްޖަޒީރާގެ ފަސް ނޫސްވެރިން ޝަހީދުކޮށްލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 12, 2025, 04:16 AM
މާލެ ސިޓީ

ސަހްޔޫނީންގެ ހަމަލާއެއްގައި އަލްޖަޒީރާގެ ފަސް ނޫސްވެރިން ޝަހީދުކޮށްލައިފިއެވެ.

Advertisement

ޣައްޒާގައި ސަހްޔޫނީންގެ ހަމަލާތަކުގައި މިއަދު ޝަހީދުކޮށްލި ނޫސްވެރިންނަކީ އަލްޖަޒީރާގެ ފަރާތުން ޣައްޒާގައި މަސައްކަތްކުރަމުންދާ ފަސް މުވައްޒަފުން ކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގެ މައި ދޮރާށި ބޭރުގައި ހުންނަ ޓެންޓުގައި މި ހާދިސާ ހިނގާފައިވާއިރު އަލްޖަޒީރާގެ ނޫސްވެރިން ކަމަށްވާ އަނަސް އަލް ޝާރިފް، މުހައްމަދު ޤުރީކޭހާއި ކެމެރާ އޮޕަރޭޓަރުން ކަމަށްވާ އިބްރާހިމް ޒަހެރާއި މުހައްމަދު ނޫފަލް އަދި މުއައްމެން އަލިވާ ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ފްރީލާންސް ރިޕޯޓަރު މުހައްމަދު އަލް ޚަލްދީވެސް މަރުވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާގައި ޝަހީދުވި އަނަސް އަލް ޝަރިފް ވަނީ އޭނާ މަރުވުމުގެ އިރުކޮޅެއް ކުރިން ސަހްޔޫނީނުން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ޣައްޒާއަށް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެ ޕޯސްޓްކޮށްފައެވެ.

މީގެ އިތުރުން، އޭނާގެ އެންމެ ފަހު ވީޑިއޯގައި ސަހްޔޫނީން ދިން ވަރުގަދަ މިސައިލް ބޮމުގެ ހަމަލާތަކުގެ އަޑު ފަހަތުން އިވި އަދި އޮރެންޖް އަލިން ޖައްވު ދިއްލިފައިވާ ކަން ވީޑިއޯއިން ފެނެއެވެ.

ސަހްޔޫނީންގެ މަގްސަދަކީ ޣައްޒާއިން ހަމާސްގެ ބާރު ކަނޑުވާލުން ކަމަށް ބުނި ނަމަވެސް އެމީހުންގެ ހަމަލާތައް ކުށެއްނެތް އެތަކެއް ބަޔަކަށް އަމާޒުކުރަމުން އަންނަކަން ފާހަގަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved