April 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަހްޔޫނީނުން އަލްޖަޒީރާގެ ނޫސްވެރިން ޝަހީދުކުރުމުން އދ އިން އެ ހަމަލާ ކުށްވެރިކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 14, 2025, 03:07 AM
މާލެ ސިޓީ

ޣައްޒާގައި ސަހްޔޫނީން ނޫސްވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާގައި އަލްޖަޒީރާގެ ނޫސްވެރިން ޝަހީދު ކޮށްލި މައްސަލައަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ކަމެއް ކަމަށް ބުނެ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން އެކަން ކުށްވެރި ކޮށްފިއެވެ.

Advertisement

ސަހްޔޫނީނުން ދިން ވައިގެ ހަމަލާއެއްގައި އަލްޖަޒީރާގެ މަޝްހޫރު ނޫސްވެރިޔާ އަނަސް އަލް ޝަރީފް ހިމެނޭ ގޮތަށް އިތުރު ހަތަރު ނޫސްވެރިއަކު ޝަހީދުވެފައިވާއިރު މި ނޫސްވެރިންގެ އިތުރުން އަލްޖަޒީރާގެ އިތުރު ތިން މީހަކު ވެސް ވަނީ ޝަހީދުވެފައެވެ.

މީޑިއާގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ގިނަ ގައުމުތަކުން ވަނީ މިހަމަލާ ކުށްވެރިކޮށްފައެވެ.

ސަހްޔޫނީންގެ ހަމަލާތަކުގައި ކުށެއް ނެތް އާންމު އެތަކެއް ރައްޔިތުން ޝަހީދުވަމުން އަންނައިރު ބައިނަލްއަގްވާނީ ގިނަ ގައުމުތަކުން ސަހްޔޫނީންގެ ހަމަލާތައް ކުށްވެރިކުރިއަސް އަމަލީ ފިޔަވަޅުތަކެއް އަޅާތަނެއް ނުފެނެއެވެ.

ސަހްޔޫނީން ދޭ ހަމަލާތަކުގެ އިތުރުން މިހާރު އެގައުމުން އަންނަނީ ޣައްޒާ އެއްކޮށް ހިސާރުކޮށް ޣައްޒާގައި ސަހްޔޫނީ ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިގޮތުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާ އެތަކެއް ތުއްތު ފުރާނަތައް ދަނީ ކާނެ އެއްޗެއް ނެތިގެން މި ދުނިޔެ ދޫކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved