March 17, 2026
Advertisement
-
- / އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން

ގައުމީ ބޮޑު އެއްވުން: ރާއްޖެއިން ބޭރުގެ 12 ބޭފުޅުން ބައިވެރިވޭ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 15, 2025, 12:55 AM
މާލެ ސިޓީ

އިސްރާއީލްގެ އިސްތިޢުމާރީ ސިފައިން ޢައްޒާ ހިސޯރުކޮށް އިންސާނިއްޔަތާ ހިލާފަށް ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ 44 ޤައުމެއް ގުޅިގެން ފަށާފައިވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ދިވެހިރާއްޖޭގައި ބާއްވާ ޤައުމީ ފެންވަރުގައި ބޮޑު އެއްވުމުގައި ރާއްޖެއިން ބޭރުގެ 12 ބޭފުޅުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

މިގޮތުން މަޝްހޫރު ނޫސްވެރިއެއް ކަމަށް މަންސޫރް ޝޫމަން އާއި ހަނގުރާމައިގައި 07 މަސްދުވަހު ހޭދަކޮށްފައިވާ އަންހެން ބޭކަނބަލަކާއި އެ އަންހެން މީހާގެ ދަރިއެއްވެސް ބައިވެރިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބޮޑު އެއްވުން މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި އެއް ވަގުތެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތް މާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި ހަވީރު 16:00 ގައެވެ.

ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ މި ބޮޑު އެއްވުން ތިންތިޒާމްކުރަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިސްވެއޮވެ ހަދާފައިވާ، ރާއްޖޭގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި، އެކިއެކި ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން އާއްމުން ހިމެނޭ ސްޓިއަރިން ކޮމިޓީ އަކުންނެވެ. މި ހަރަކާތް އިންތިޒާމްކޮށްފައިވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

މި ބޮޑު އެއްވުން އިންތިޒާމްކުރާ ކޮމިޓީން ބުނެފައިވަނީ، މި އެއްވުން ރާއްޖޭގައި ކުރިއަށްދާއިރު ހަމަ އެދުވަހު އިތުރު 5 ގައުމެއްގައިވެސް ކުރިއަށްގެންދާނޭކަމަށެވެ. މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޢައްޒާގެ މުސްލިމުންނަށް ޔަހޫދީންގެ އިސްތިއުމާރީ ސިފައިންގެ ފަރާތުން ކުރިމަތިވަމުންދާ އިންސާނިއްޔަތާ ހިލާފް ކަންތައްތައް ކުށްވެރިކޮށް އަދި ޣައްޒާގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލަތު އަންގައިދިނުމަށް ކުރިއަށްދާ ސުލްހަވެރި ހަރަކާތެއްގެ ގޮތުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved