April 17, 2026
Advertisement
-
- / އަލްޖަޒީރާ

ފަލަސްތީނުގެ ނޫސްވެރިއެއްގެ ހަށިގަނޑު 44 ދުވަސް ފަހުން ފެނިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 17, 2025, 05:49 PM
މާލެ ސިޓީ

ފަލަސްތީނުގެ ނޫސްވެރިއެއްގެ ހަށިގަނޑު، 44 ދުވަސް ފަހުން އޭނާގެ ގެއިން ފެނިފައިވާ ކަމަށް ޣައްޒާ ސިޓީގެ އަލް އަހްލީ ހޮސްޕިޓަލުގެ މަސްދަރަކުން ހާމަކޮށްފިއެވެ.

Advertisement

ފަލަސްތީނުގެ ނޫސްވެރިޔާ މަރްވާ މުސްލިމްގެ ހަށިގަނޑު ފެނިފައިވަނީ ސަހްޔޫނީންގެ ހަމަލާތަކުގައި ފުނޑުފުނޑުވެފައިވާ އޭނާގެ ގެއިންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މަރްވާ އާއި އޭނާގެ ދެބެންގެ ހަށިގަނޑުގެ ބައިތައް ހޮސްޕިޓަލުން ފެނިގެންދެއެވެ.

ސަހްޔޫނީން ހިންގަމުން އަންނަ މި ހަނގުރާމައަށް ދެ އަހަރު ވާން ކައިރި ވެފައިވާއިރު ސަހްޔޫނީންގެ ހަމަލާތަކުގައި ގާތްގަނޑަކަށް 270 ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިން ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ ކޮމިޓީން ބުނި ގޮތުގައި ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ނޫސްވެރިންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނޫސްވެރިންގެ ތެރެއިން އެންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިފައިވާ ނޫސްވެރިން ކަމަށެވެ.

ސަހްޔޫނީންގެ ބޭނުމަކީ ފަލަސްތީނުގެ ޣައްޒާއާއި ދެކޮޅަށް އެމީހުން ހިންގަމުންދާ އަނިޔާވެރި ގަތުލުއާންމު ދުނިޔެއަށް ދެއްކޭނެ ހުރިހާ ދޮރެއް ބަންދުކޮށް ޣައްޒާ މުޅި ދުނިޔެއަށް ފޮރުވާލުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved