April 3, 2026
Advertisement
-
- / އަލްޖަޒީރާ

ޣައްޒާގެ އަޑު އެކީ ކެޑުވުމަށް ސަހްޔޫނީނުން ޣައްޒާގެ ނޫސްވެރިން ޝަހީދުކުރަން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 24, 2025, 06:34 PM
މާލެ ސިޓީ

ނިރުބަވެރި ސަހްޔޫނީނުން ފަލަސްތީނުގެ ޣައްޒާއާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ މަންޒަރުތައް ދުނިޔެއަށް ދައްކަމުން ދާތީ، ޣައްޒާގެ އަޑު މުޅި ދުނިޔެއިން ކަޑުވާލުމަށް އެ ގައުމުގައި ހަރަކާތްތެރިވަ ނޫސްވެރިން ޝަހީދުކުރަން ފަށައިފިއެވެ.

Advertisement

މިގޮތުން، ފަލަސްތީނުގެ ޖާނަލިސްޓް ސިންޑިކޭޓުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ނިރުބަވެރި ސަހްޔޫނީނުން ޚާލިދު އަލް-މަދޫން ނަމަކަށް ކިޔާ ނޫސްވެރިއެއް ވަނީ ހަމަލާ ދީ މިއަދުގެ ވަގުތެއްގައި ޝަހީދުކޮށްފައެވެ. އޭނާ ޝަހީދުކޮށްލާފައިވަނީ ޣައްޒާސިޓީގެ އުތުރުގައި ސަހްޔޫނީންގެ އަސްކަރިއްޔާއިން ހިންގި އަސްކަރީ އޮޕަރޭޝަނުގެ ތެރެއިންނެވެ.

ޚާލިދު އަލް މަދޫން ޝަހީދުކޮށްލާފައިވަނީ ޣައްޒާއަށް ވަންނަން ދިޔަ މަދު އަދަދެއްގެ އެހީގެ ޓްރަކްތައް ވަންނަ މަންޒަރު ރިކޯޑް ކުރުމަށް ގޮސް އުޅެނިކޮށް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ސަހްޔޫނީނުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ކަވަރު ކުރަން ގޮސް އުޅޭ ގިނަ އަދަދެއްގެ ނޫސްވެރިންނަށް ހަމަލާދީ ޝަހީދުކޮށްލާފައިވާއިރު، 2023 އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އިސްރާއީލުން ވަނީ 270 ނޫސްވެރިން ޝަހީދުކޮށްފައި ކަމަށް އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ކަށަވަރުކޮށްދެއެވެ.

މިއާއި އެކު ސަހްޔޫނީންގެ ހަމަލާތަކެއްގައި ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ އަލްޖަޒީރާގެ 5 ނޫސްވެރިންވެސް ވަނީ ޝަހީދުކޮށްލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved