March 12, 2026
Advertisement
-
- / އަލްޖަޒީރާ

ކާނެ އެއްޗެއް ނުލިބި ޣައްޒާގައި އިތުރު 13 ކުއްޖަކު ޝަހީދުވެއްޖެ

Sudha Latheef
ސުދާ ލަތީފް
Sep 3, 2025, 12:29 AM
މާލެ ސިޓީ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ކާބޯތަކެތި ނުލިބުމާ ގުޅިގެން ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާއިން 13 ކުއްޖަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ.

Advertisement

އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ ދަތިކަމާއި ޣައްޒާއަށް އެހީ ދިނުމަށް ކަނޑައެޅިފައިވާ ހުރަސްތަކުގެ ތެރޭގައި އެ ސަރަހައްދުގެ 40،000 ވުރެ ގިނަ ތުއްތު ކުދިންނަށް މަލްނިއުޓްރިޝަންގެ ޝިކާރައަކަށް ވެފައި ވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމާއި މަލްނިއުޓްރިޝަންގެ ސަބަބުން ތިން ކުޑަކުދިން ހިމެނޭ ގޮތަށް 13 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ކުރިމަތި ކުރަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު ވަނީ 63،000 އަށް ވުރެ މައްޗަށް އަރާފައެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބިފައިވަނީ ކުށެއް ނެތް އާންމު ރައްޔިތުންނަށެވެ. ޣައްޒާގެ އެތައް މިތަނަށް ބޮން އެޅުމުގެ އިތުރުން، ނިރުބަވެރިން ދަނީ އެކި ގޮތްގޮތުން ޣައްޒާއަށް އެހީތައް ވަނުން ހުއްޓުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved