February 21, 2026
Advertisement
Palestine
Palestine / އަލްޖަޒީރާ

ސަހްޔޫނީން އަލް އަގްސާ މިސްކިތުގައި އަޅުކަންކުރުމަށް ހުރަސްއަޅައި، ފަލަސްތީނު ރައްޔިތުންނަށް ދަތިކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 20, 2026, 11:05 PM
މާލެ ސިޓީ

ފަރަމަޟާން މަހުގެ ބަރަކާތްތެރި ނަމާދުތަކުގައި ބައިވެރިވުމަށް މުގައްދަސް އަލް އަގްސާ މިސްކިތަށް ދާ ފަލަސްތީނުގެ މުސްލިމުންނަށް، ސަހްޔޫނީ ސިފައިން ފާޅުކަން ބޮޑު ގޮތެއްގައި ހުރަސްއަޅަމުންދާކަން ހާމަވެއްޖެއެވެ.

Advertisement

މޫނު ނިވާކޮށްގެން، ބޮޑެތި ހަތިޔާރުތަކާއެކު ތިބި ސަހްޔޫނީންގެ އަނިޔާވެރި ސިފައިން ދަނީ މިނިވަންކަމާއެކު އަޅުކަން ކުރުމުގެ ހައްގަށް ފަރުވާކުޑަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ބިރުދައްކަމުންނެވެ. މިގޮތުން، ހުޅަނގު އައްސޭރިން ގުދުސްއަށް ވަދެވޭ ގޭޓުތަކާއި ޗެކްޕޮއިންޓުތަކުގައި ސަހްޔޫނީން ވަނީ ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށް، އަލް އަގްސާ މިސްކިތަށް ވަނުން ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ރަމަޟާން މަހުގެ ނަމާދުތަކުގައި ބައިވެރިވުމަށް ދާ  ގިނަ އަދަދެއްގެ މުސްލިމުން، ޚާއްޞަކޮށް ޒުވާނުން، އެ ސަރަހައްދުތަކުން ހިފަހައްޓައި އަނބުރާ ފޮނުވާލަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މިއީ އިސްލާމީ މުގައްދަސް ބިނާއެއް ކަމަށްވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލައި، ފަލަސްތީނުގެ މުސްލިމުން އެމީހުންގެ ދީނީ ފަރުޟުތައް އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން ސަހްޔޫނީން ހިންގާ ލާއިންސާނީ އަމަލެކެވެ.

ފަލަސްތީނުގެ ރައްޔިތުން ސިފަކުރާ ގޮތުގައި، ސަހްޔޫނީންގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، އިންސާނީ ހައްގުތަކަށް ބެލުމެއް ނެތް ގޮތުގައި ހިންގާ ޖަރީމާއެކެވެ. އަދި މިއީ މުސްލިމުންގެ އިހުސާސްތަކާ ކުޅެލައި، މުގައްދަސް މަހެއްގެ ރޫހާނިއްޔަތު ގެއްލުވާލުމަށް ސަހްޔޫނީން ރާވައިގެން ހިންގާ އުދުވާނެކެވެ.

އަލް އަގްސާ މިސްކިތަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމަށްވީ ހިނދު، އެތަނުގައި އަޅުކަން ކުރުމަށް ހުރަސްއެޅުމަކީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރާ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފަލަސްތީނުގެ އިދާރާތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved