April 3, 2026
Advertisement
-
- / އަލްޖަޒީރާ

ސަހްޔޫނީން ކުރިއަށްގެންދާ މުޒާހަރާ ތެރޭގައި ނަތަންޔާހޫ ދިރިއުޅޭ ގެ ކައިރީ އަލިފާން ރޯކޮށްލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 4, 2025, 12:27 AM
މާލެ ސިޓީ

ސަހްޔޫނީ ސަރުކާރުން ފަލަސްތީނުގެ ޣައްޒާއާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވަލާ އެގައުމުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މުޒާހަރާ ބައިވެރިން އެގައުމުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ދިރިއުޅޭ ގެ ކައިރީގައި އަލިފާން ރޯކޮށްލައިފިއެވެ.

Advertisement

ސަހްޔޫނީންގެ ފުލުހުން ބުނެފައިވާ ގޮތުގައި، މުޒާހަރާގެ ނަމުގައި މިވަގުތު އެ ގައުމުގައި ހިންގަމުން އަންނަނީ ޤާނޫނު ކުށެއް ކަމަށާއި މުޒާހަރާގެ ބައިވެރިން ނަތަންޔާހޫ ދިރިއުޅޭ ގެއާއި އޮފީސް ކައިރީގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ރޯކޮށްލި އަލިފާންގަނޑު ކައިރި ސަރަހައްދުތަކަށް ފެތުރިފައިވާއިރު، ބައެއް ވެހިކަލްތަކަށް ގެއްލުންވެފައިވެއެވެ.

އިސްރާއީލުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތައް އިތުރުވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ދަނީ ހަނގުރާމަ ހުއްޓާލައި، ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމެއް ހަމާސްއާއި އެކީ ވުމަށް ގޮވާލަމުންނެވެ.

އަދި މުޒާހަރާގެ ބައިވެރިން ދަނީ ސަހްޔޫނިންގެ ބޮޑެތި މައި މަގުތައް ބަންދުކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އަޅަމުންނެވެ.

ސަހްޔޫނީން ސަރުކާރުން ހިންގަމުންދާ މި ގަތުލުއާންމުގައި ޣައްޒާގެ އެތަކެއް ރައްޔިތުން ޝަހީދުކޮށްފައިވާ އިރު، ސަހްޔޫނީން އަންނަނީ ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި ބަންދުކޮށް އެމީހުން މަރަމުންނެވެ.

އެހެންކަމުން، ނަތަންޔާހޫ އަކީ މިހާރުން މިހާރަށް މަރަން ޖެހިފައިވާ މީހެއް ކަމަށް ފަލަސްތީނުގެ ދިފާއުގައި ވަކާލާތުކުރައްވާ ބޭފުޅުން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved