April 17, 2026
Advertisement
 ޖުވެނައިލް ކޯޓްގެ ވެބްސައިޓް އިންޑިޔާއިން ހެކްކޮށްފައި
ޖުވެނައިލް ކޯޓްގެ ވެބްސައިޓް އިންޑިޔާއިން ހެކްކޮށްފައި / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ޖުވެނައިލް ކޯޓުގެ ވެބްސައިޓް އިންޑިޔާއިން ހެކްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jan 10, 2024, 05:17 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓް އިންޑިޔާއިން ހެކްކުރުމަށްފަހު ދިވެހި ދައުލަތައް ވަރުގަދަ އިންޒާރެއްދީފިއެވެ.


ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވެބްސައިޓް ހެކްކުރި ކަން ވަނީ ހާމަވެފައެވެ.

އެގޮތުން ވެބްސައިޓް ހުޅުވާލުމުން އެއީ އިންޑިޔާއިން ކޮށްފައިވާކަމެއް ކަމަށް އަރާ ލިޔުމުން ދޭހަވެގެންދެޔެއެވެ.

ލިޔުމުގައި ބުނާގޮތުގައި ރާއްޖޭގެ 3 ޑެޕިޔުޓީ މިނިސްޓަރުން އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދްރާ މޯދީ އަށް ބަދުބަސް ބުނިކަމަށްވެއެވެ. އެހެންކަމުން އެކަން އެއްވެސް ހާލަތެއްްގައި ބަލައި ނުގަންނާނެ ކަމަށް ވެބްސައިޓްގެ ލިޔުމުގައި ވަނީ ބުނެފައެވެ.

އިންޑިޔާއިން ކޮށްދެއްވާފައިވާ ކަންކަމާއި އެހީތައް ހަނދާން ނެތުނީ ތޯވެސް އިންޑިޔާ އިން ވަނީ ސުވާލު އުފައްދާފައެވެ. މިއީ އަދި ފެށުމެއް ކަމަށާއި ދެން މިފަދަ ބައިވަރު ކަން ކަން ފެނިގެންދާނެ ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

ދާދި ފަހުން ވަނީ ރައީސް އޮފީހުގެ ވެބްސައިޓާއި ދައުލަތުގެ އެހެން ވެބްސައިޓްތަކަށްވެސް ސައިބާރ އެޓޭކެއް ކޮށްފައެވެ. މިކަމުގެ ފަހަތުގައި ވެސް އިންޑިޔާގެ އަތެއްވާކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ރަނގަޅުވެފައި ވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތުގައެވެ.

Advertisement


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved