April 3, 2026
Advertisement
ހުޅުމާލޭ ފޭސް 2
ހުޅުމާލޭ ފޭސް 2 / އެޑިޝަން.އެމްވީ

13 އަހަރުގެ ކުޑަ ކުއްޖެއް މަރާލި މައްސަލާގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

Faina Faiz
ފައިނާ ފާއިޒް
Dec 25, 2025, 09:58 PM
ހުޅުމާލެ ފޭސް 2

ހުޅުމާލެ ފޭސް 2 ގައި 2021 ވަނަ އަހަރު މަރާލާ ފޮށްޓަކަށް ލާފައި އޮތް ކުއްޖާގެ މަރުގެ މައްސަލާގައި އެ ކުއްޖާ މަރާލި ކަމަށް 17 އަހަރުގެ ކުއްޖެއްގެ މައްޗަށް މިއަދު ސާބިތުކޮށްފިއެވެ.

Advertisement

ޕީޖީ އޮފީހުން ބުނީ 22 ޖޫން 2021 ދުވަހުގެ ދަންވަރު 02:00 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި، ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވުނު 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް އެ އޮފީހުން ޖުވެނައިލް ކޯޓަށް ހުށަހެޅި ގަސްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާތައް ސާބިތުވާކަމަށް އެ ކޯޓުން މި މަހުގެ 23 ވަނަ ދުވަހު ހުކުމްކޮށްފި ކަމަށެވެ.

އެ އަންހެން ކުއްޖާއަށް މިހާރު 18 އަހަރު ފުރިފައިވީނަމަވެސް ކުށް ކުރި އިރު އެކުއްޖާއަކީ ކުޑަކުއްޖެއް ކަމުން، ގާނޫނީ އިމުގެ ތެރެއިން އެކުއްޖާގެ ވަނަވަރު ހާމަނުކުރެވޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައިއެވެ.

އެކުއްޖާގެ މައްޗަށް ކޮށްފައި ވަނީ، ގަސްދުގައި މީހަކު މެރުމުގެ ކުށުގައި 16 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެ ކުއްޖާ ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި ހަތަރު މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައިއެވެ.

މީގެ އިތުރުން ކައްފާރައިގެ ގޮތުގައި ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށްވެސް ވަނީ ދައުވާކޮށްފައިއެވެ. އަދި ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި ނުވަ ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް ޖުވެނައިލް ކޯޓުން އަމުރުކުރެއްވި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved