March 20, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރަޝިއާއަށް ބާރުގަދަ ބިންހެލުމެއް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 13, 2025, 05:48 PM
މާލެ ސިޓީ

ރަޝިއާއަށް މިއަދު ހެދުނު 7.3 ރެކްޓާ މިންގަޑުގެ ބާރުގަދަ ބިންހެލުމެއް އައި ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

މިއަދު ހެދުނު ރާއްޖެ ގަޑިން 7:37 ހިސާބު ރަޝިއާއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި ރާއްޖޭގެ ވެރިރަށް މާލެއާ 9،421 ކިލޯމީޓަރު ދުރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތެވެ.

އެ ބިންހެލުންތަކުގެ ސަބަބުން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރެއް އަދި އެއްވެސް ހިސާބަކުން ދީފައިނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ 53.104 އުތުރު އަދި 160.294 އީ ކޯޑިނޭޓްގައި 39.5 ކިލޯމީޓަރު އަޑިއަށެވެ.

މީގެ އިތުރުން ތައިލެންޑުގެ އުތުރުގައި ވެސް ދެ ބިންހެލުމެއް މިއަދު އައިސްފައިވެއެވެ. ފުރަތަމަ ބިންހެލުން އައިސްފައިވަނީ 1.5 މެގްނިޓިއުޑްގެ ބާރުމިނުގައި 3 ކިލޯމީޓަރު އަޑިއަށެވެ. މި ބިންހެލުން އައިސްފައިވަނީ މޭ ހޮންގް ސޮން ޕްރޮވިންސްގެ ޕައި ޑިސްޓްރިކްޓްގެ މޭ ހީ ސަބްޑިސްޓްރިކްޓް (19.308 ޑިގްރީ ނޯޓް، 98.565 ޑިގްރީ އީ) ހިމެނޭ ސަރަހައްދަށެވެ.

ދެވަނަ ބިންހެލުން އައިސްފައިވަނީ މިޔަންމާގެ 2.4 މެގްނިޓިއުޑްގެ ބާރުމިނުގައި 10 ކިލޯމީޓަރު އަޑިއަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved