May 25, 2026
Advertisement
ކުރިއަށް އޮތް 5 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް، އެންމެ ގޯހީ އުތުރުގެ އަތޮޅުތަކަށް!
ކުރިއަށް އޮތް 5 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް، އެންމެ ގޯހީ އުތުރުގެ އަތޮޅުތަކަށް! / ސޯޝަލް މީޑިއާ

ކުރިއަށް އޮތް 5 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް، އެންމެ ގޯހީ އުތުރުގެ އަތޮޅުތަކަށް!

May 25, 2026, 08:44 PM
މާލެ ސިޓީ

ކުރިއަށް އޮތް 5 ދުވަހަކީ މުޅި ރާއްޖެއަށް މޫސުން ގޯސް ދުވަސްތަކެއް ކަމަށާ، މޫސުން އެންމެ ގޯހީ އުތުރުގެ އަތޮޅުތަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

Advertisement

މެޓުން ހާމަކުރާ ގޮތުގައި، ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް މެދުރާއްޖެތެރެ އާއި އުތުރަށް މޫސުން ގޯސްކޮށް އުޅުނަސް ދެކުނަށް މޫސުން ރަގަޅުވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުމާ އެކު ގުގުރުން އެކަށީގެންވާއިރު، ކުރިއަށް އޮތް ބުދަ އަދި ބުރާސްފަތި ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށާ ހުކުރާއި ހޮނިހިރު ވެސް އުތުރަށް މޫސުން ގޯސްވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްތަކުގައި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަގަޅެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އުތުރަށް ވައި ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ވެސް އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާތީއާ، ޖުމްލަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. 

ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ؛ ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓައި 6 ފޫޓުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved