June 19, 2026
Advertisement
ވިއްސާރަ ދުވަހެއްގައި، އައްޑޫ ލިންކް ރޯޑް
ވިއްސާރަ ދުވަހެއްގައި، އައްޑޫ ލިންކް ރޯޑް / އައްޑޫ ލައިވް

ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވާރޭވެހޭނެ: މެޓު

Jun 19, 2026, 12:40 PM
މާލެ ސިޓީ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް މުސުމާ ބެހެ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

Advertisement

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވާރޭވެހުން އެކަށީގެންވާ ކަމަށާ، ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 6 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވޭ އިރު، ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައެވެ. ކަނޑުތައް މަޑުވި ނަމަވެސް، ވިއްސާރަވުމުގެ ސަބަބުންނާއި ވާރޭވެހޭ ވަގުތުތަކުގައި ވައިގަދަވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ.

މިއީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށްވުމާއެކު، ދޭތެރެ ދޭތެރެއިން މޫސުން ގޯސްވަމުންދާކަން މެޓް އޮފީހުން ފާހަގަ ކޮށްފައިވެއެވެ. ޚާއްސަކޮށް ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުން މޫސުމަށް ސަމާލުކަން ދިނުމަށާއި، ވާރޭވެހި ފެންބޮޑުވެދާނެ ފަދަ ހާލަތަކަށް ދުރާލާ ތައްޔާރުވެ ތިބުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.


މޫސުން ގޯސްވެ ވާރޭވެހެމުން ދިޔަ ނަމަވެސް، ބައެއް ސަރަހައްދުތަކުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ މަތީގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved