May 31, 2026
Advertisement
ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސް ކަނޑުތައް ގަދަ، ސަމާލުވޭ!
ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސް ކަނޑުތައް ގަދަ، ސަމާލުވޭ!

ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސް ކަނޑުތައް ގަދަ، ސަމާލުވޭ!

May 30, 2026, 02:43 PM
މާލެ ސިޓީ

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

Advertisement

މޯލްޑިވްސް މީޓޮރޮލޮޖިކަލް ސެންޓަރ (މެޓު) އިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ދުވަސްވަރަކީ އަޟްހާ އީދުގެ ބަންދަށްފަހު ގިނަ ބަޔަކު އެނބުރި ރަށްރަށަށް ދަތުރުކުރާ ދުވަސްވަރަކަށް ވުމާއެކު، މޫސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މެޓުން ދީފައިވާ ލަފާގައިވާ ގޮތުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާއިރު، ކުރިއަށް އޮތް 3 ދުވަހު ވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މެދުރާއްޖެތެރެއަށް ކެރީގެ އަސަރު ކުރި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވެސް މޫސުން ގޯސްވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved