June 12, 2026
Advertisement
އުތުރާ މެދުރާއްޖެތެރެއަށް މޫސުން ގޯސް: މެޓު
އުތުރާ މެދުރާއްޖެތެރެއަށް މޫސުން ގޯސް: މެޓު / ސޯޝަލް މީޑިއާ

އުތުރާ މެދުރާއްޖެތެރެއަށް މޫސުން ގޯސް: މެޓު

Jun 12, 2026, 12:22 PM
ފިނޭންސް މިނިސްޓްރީ

ރާއްޖޭގެ އުތުރުގެ އަތޮޅުތަކާ އަދި ެމދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްކަމަށް މެޓުން ލަފާކޮށްފިއެވެ.

Advertisement

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަން ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭއިރު، އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

 

ހުޅަނގާ ހުޅަނޅަގު ދެކުނުން، އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވިދާޅުވެފައިވެެއެވެ.

 

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved