April 3, 2026
Advertisement
-
- / އަލްޖަޒީރާ

‎އެހީ ނެގިތާ ގިނައިރެއް ނުވަނީސް ސަހްޔޫނީން ޣައްޒާގެ ކުޑަފިރިހެން ކުއްޖެއް ޝަހީދުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 17, 2025, 10:35 PM
މާލެ ސިޓީ

ޖީއެޗްއެފްގެ އެހީ ފޯރުކޮށްދޭ ސަރަހައްދަކަށް 12 ކިލޯ މީޓަރު ހިނގާފައި ދިޔަ ޣައްޒާގެ ކުޑަ ފިރިހެން ކުއްޖަކަށް ސަހްޔޫނީން ހަމަލާދީ ޝަހީދުކޮށްލައިފިއެވެ.

Advertisement

ޖީއެޗްއެފް އިން މައުލޫމަތު ހާމަކޮށްފައިވާ ގޮތުގައި އެހީ ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ޕޮއިންޓް އިން އެހީ ނެގިތަނުން ހަމަލާދިނީ ޖީއެޗްއެފްގެ ކުރީގެ ކޮންޓްރެކްޓަރި އެމެރިކާ އާއި ސަހްޔޫނީންގެ ހިންގާ އެހީގެ ސްކީމާ ބެހޭ ގޮތުން ބައިނަލްއަގްވާމީ ގައުމުތަކަށް އިންޒާރު ދީފައިވަނިކޮށެވެ.

ސަހްޔޫނީން އަންނަނީ މިފަދަ އެހީ ފޯރުކޮށްދޭ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދީ މީހުން ޝަހީދުކުރަމުން ކަން ފާހަގަކުރެވެއެވެ.

ޣައްޒާގައި ސަހްޔޫނީންގެ ވަކި ދައުލަތެއް ގާއިމުކުރުމަށް އެ ގައުމުގެ ބޮޑު ވަޒީރު ނަތަންޔާހޫ ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި ބައިތިއްބާ އަސާސީ ހައްގުތަކުން މަހުރޫމްކޮށް އަންނަނީ މަރަމުންނެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 60،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 160،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved