March 11, 2026
Advertisement
ސޮނީ ޕްލޭސްޓޭޝަން
ސޮނީ ޕްލޭސްޓޭޝަން / ގެޓީ އިމޭޖަސް

ސޮނީ ޕްލޭސްޓޭޝަން ޑިވިޝަނުން 900 މުވައްޒަފުން ވަކިކުރަނީ

Azzama
އައްޒާމާ
Feb 28, 2024, 02:34 AM

ސޮނީ އިންޓަރެކްޓިވް އެންޓަޓެއިންމަންޓުން އަންގާރަ ދުވަހު ބުނީ ޕްލޭސްޓޭޝަން ޔުނިޓުގެ ގާތްގަނޑަކަށް 900 މުވައްޒަފުން ނުވަތަ ގްލޯބަލް ވޯކްފޯސްގެ %8 ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.

Advertisement

"އެތައް މަސްތަކެއް ވަންދެން ފަރުވާތެރިކަމާއެކު ވިސްނުމާއި ލީޑަޝިޕްގެ ގިނަ މަޝްވަރާތަކަށް ފަހު، ވިޔަފާރި ކުރިއަރުވައި ކުންފުނި ތަރައްގީ ކުރުމަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ސާފުވެއްޖެ" ޔުނިޓްގެ ރައީސް އަދި ސީއީއޯ ޖިމް ރަޔަން މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުންފުނީގެ ހުރިހާ ސަރަހައްދެއްގެ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރުމުގެ އަސަރު ކުރާނެ ކަމަށެވެ. ޕްލޭސްޓޭޝަންގެ ލަންޑަން ސްޓޫޑިއޯ މުޅިން ބަންދުކުރާއިރު، އިތުރު ބައެއް ސްޓޫޑިއޯތަކަށް ވެސް އެކަމުގެ އަސަރު ކުރާނެ އެވެ.

ޖަޕާނުގެ ގޭމިން ޖަޔަންޓް ކުންފުނިން ވަނީ ޑިމާންޑް ދަށްވާނެ ކަމުގެ އިންޒާރު ދިނުމުން ފެބްރުއަރީ 14 ވަނަ ދުވަހު އެ ކުންފުނީގެ ފްލެގްޝިޕް ޕްލޭސްޓޭޝަން 5 ކޮންސޯލްގެ ވިކޭނެ ކަމަށް އަންދާޒާ ކުރާ މިންވަރު ދަށްކޮށްފަ އެވެ. ސޮނީން އޭރު ބުނީ މާޗް މަހު ނިމޭ މާލީ އަހަރު ޕީއެސް5 ގެ 21 މިލިއަން ޔުނިޓް ވިއްކާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެއީ ކުރިން ލަފާކުރި 25 މިލިއަން ކޮންސޯލްތަކާ ގާތްކުރާ އަދަދަށް ވުރެ ކުޑަ އަދަދެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved