May 31, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރަޝިޔާއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް!

Aiminath Sarah
އައިމިނަތް ސާރާ
Sep 19, 2025, 08:08 PM
މާލެ ސިޓީ

ރަޝިއާއަށް ރޭގެ ވަގުތެއްގައި 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

Advertisement

ރަޝިޔާއަށް އައި ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއެފެދޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.6 މެގްނިޓިއުޑް ބާރުމިނުގައި ރަޝިއާގެ ޕެޓްރޮޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 128 ކިލޯމީޓަރު ދުރަށެވެ. އަދި ބިންހެލުން އައިސްފައި ވަނީ 10 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން އެމެރިކާގެ ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ވަނީ ކަނޑުގެ އައްސޭރިފަށުގައި ނުރައްކާތެރި ރާޅުތަކެއް އުފެދިދާނެ ކަމުގެ އިންޒާރު ދީފައެވެ.

މެޓުން ވިދާޅުވީ، މި ބިންހެލުން އައިސްފައިވަނީ މާލެއާއި 9432 ކިލޯމީޓަރު ދުރުން ކަމަށާއި ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭ ކަމަށެވެ.

މިފަހުންވެސް ރަޝިޔާއަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved