April 3, 2026
Advertisement
-
- / އަލްޖަޒީރާ

ފަލަސްތީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ޕޯޗްގަލް އިން ބަލައިގަނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 20, 2025, 07:31 PM
މާލެ ސިޓީ

ޕޯޗުގަލްގެ ސަރުކާރުން ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން އިއުލާން ކޮށްފިއެވެ.

Advertisement

ޕޯޗުގަލްގެ ފޮރިން މިނިސްޓްރީއިން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާދީއްތަ ދުވަހު އދ އިން ބާއްވާ ކޮންފަރެންސްގެ ކުރިން މިކަން އާންމުކޮށް އިއުލާންކުރާނެ ކަމަށެވެ.

ޕޯޗުގަލްގެ އިތުރުން، ޔޫރަޕްގެ ގިނަ ގައުމުތަކުން އަންނަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ސަހްޔޫނީންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ވިލާތުގެ ގައުމުތަކުން ފަލަސްތީނުގެ މިނިވަންކަން ބަލައިގަތުން އިތުރު ވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ސަހްޔޫނީން އެކަހެރިވަމުން ދިއުމާއެކު، އެގައުމުން ގެންދަނީ ފަލަސްތީނުގެ މިނިވަންކަން ބަލައިގަންނަ ގައުމުތަކަށް އަމާޒު ކޮށް ނުރުހުމުގެ ބަސްތައް ފާޅު ކުރަމުންނެވެ.

ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެ ގައުމުން ނިންމާ އިއުލާން ކުރުމަކީ ސުލްހަ އަށް ދެވޭ މެސެޖެއް ކަމަށް ޕޯޗުގަލްއިން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved