April 3, 2026
Advertisement
-
- / ސީ.އެން.އެން

‎ ޑެންމާކުގައި ބުރުގާ އެޅުން މަނާކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 25, 2025, 10:30 PM
މާލެ ސިޓީ

ބުރުގާ ބޭނުންކުރުން މަނާކުރާ އާ ގާނޫނެއް ޑެންމާކުން އިއުލާންކޮށްފަ އެވެ.

Advertisement

މުސްލިމް އަންހެނުންގެ ބުރުގާއަކީ އެމީހުންގެ އީމާންތެރިކަމާއި އައިޑެންޓިޓީގެ މުހިންމު ބަޔަކަށް ވާއިރު ޑެންމާކްއިން މިފަދަ ނިންމުމެއް ނިންމާފައިވާތީ އެ ގައުމުގައި ދިރިއުޅޭ މުސްލިމް މުޖުތަމައު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ގާނޫނުގެ ސަބަބުން އިތުރަށް ޑެންމާކުގައި ހިތްހަމަނުޖެހުން އުފެދި ބައިބައިވުން އުފެދިދާނެ ކަމަށާއި މިއީ ސީދާ ދީނީ މިނިވަންކަމަށް ހުރަސްއެޅުން ކަމުގައި މި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ޑެންމާކުން މުސްލިމުންނާއި ދެކޮޅަށް މިފަދަ ނިންމުމެއް ނިންމާފައިވާއިރު ނިއުޒިލޭންޑްގައި ވެސް ވަނީ މުސްލިމުންނާއި ދެކޮޅަށް މުޒާހަރާތައް ކޮށްފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް މުސްލިމް މުޖުތަމައުއާއި ދެކޮޅަށް އަޑުއުފުލާ ގިނަ ތަކުލީފުތަކައް ކުރިމަތިކުރުވަނީ ފަލަސްތީނުގެ ދިފާއުގައި މުސްލިމުން ސަހްޔޫނީންނާއި ދެކޮޅަށް ތެދުވެ އަދި ޔޫރަޕުގެ ގިނަ ގައުމުތަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން އިއުލާން ކުރަމުންދާތީ ކަމަށްވެސް ކަމާއި ގުޅޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved