
ރަޝިޔާގެ ހަތަރު ފަޔަރ ޖެޓް އެލަސްކާ ކައިރިން ދަތުރުކުރަމުން ދަނިކޮށް އެމެރިކާއިން އެ ޖެޓުތައް ވައްޓާލަން އުޅުނު ކަމަށް ރިޕޯޓްކޮށްފިއެވެ.
މި ހާދިސާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު އެމެރިކާއަށް މިއީ "ލަދުވެތިކަމެއް" ކަމަށް ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ރަޝިޔާގެ މަތިންދާބޯޓުތަކުން އެމެރިކާގެ ދިފާޢީ ނިޒާމުތައް ޓެސްޓްކޮށް، ވޮޝިންޓަންގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމުގެ ޤާބިލުކަމާމެދު ބަހުސްތައް އުފެދިގެންދާ ކަމެއްގެ ގޮތުގައި މި ހާދިސާ ސިފަކޮށްފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިއީ ރަޝިޔާއިން ގަސްތުގައި އެމެރިކާގެ ވައިގެ ސަރަހައްދަށް ވަންނަން ކުރި ކަމެއް ކަމަށާއި މި ހާދިސާއިން އެގިގެންދަނީ ދުނިޔޭގެ މައިދާނުގައި އެމެރިކާއަށް "އިހުތިރާމް ގެއްލުވާލަން" މަސައްކަތް ކުރާ ކަމަށެވެ.
މީގެއިތުރުން، ކަމާއި ބެހޭ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިއީ ރަޝިޔާއިން ފަހަތަށް ނުޖެހޭނެކަން ދުނިޔެއަށް ހަނދާންކޮށްދިނުމަށް މޮސްކޯއިން ގަސްތުގައި ދެއްކި ފިޔަވަޅެއް ކަމަށެވެ. މިކަމުން ހާމަވަނީ ދެ ނިއުކްލިއާ ބާރުގެ މެދުގައި ސީދާ ކުރިމަތިލުމުގެ ނުރައްކާ ބޮޑުވަމުންދާ ކަމެވެ.










