April 3, 2026
Advertisement
-
- / އިންޑިޔާ ޓުޑޭ

ލަޑާކްގައި މުޒާހަރާތައް ހޫނުވެ، ބީޖޭޕީގެ އޮފީހުގައި އަލިފާން ރޯކޮށްލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 29, 2025, 01:31 AM
މާލެ ސިޓީ

ލަޑާކްގައި މުޒާހަރާތައް އަނިޔާވެރި ގޮތަކަށް ބަދަލުވެ، ބީޖޭޕީގެ އޮފީހުގައި އަލިފާން ރޯކޮށްލައިފިއެވެ.

Advertisement

މި މުޒާހަރާގައި ލަޑާކްގެ ރައްޔިތުން އަންނަނީ ގާނޫނު އަސާސީގެ ހަވަނަ މާއްދާގެ ދަށުން އެ ސަރަހައްދުގެ ރައްޔިތުންނަށް "ސްޓޭޓްހުޑް" އަދި ވަޒީފާތަކާއި ހިމާޔަތް ދިނުމަށް ޑިމާންޑް ކުރަމުންނެވެ.

މުޒާހަރާ ހޫނުވެ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް އާއި އޭނާގެ ބައިވެރިން ބަނޑުހައިހޫނުކަމުގެ ހަޅުތާލުކޮށް، މުޒާހަރާ ހޫނުވެ ވަނީ ހޮސްޕިޓަލްއަށް ގެންގޮސްފައެވެ.

މިދިޔަ ހަފްތާއިން ފެށިގެން ކުރިއަށްދާ މި މުޒާހަރާތައް ވަނީ އަނިޔާވެރި ގޮތަކަށް ބަދަލުވެފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ބީޖޭޕީ އޮފީހުގައި އަލިފާން ރޯކޮށް، ސެކިއުރިޓީ ވެހިކަލެއް ވެސް އަންދާލާފަ އެވެ. އޭގެ ފަހުން ހަމަނުޖެހުންތައް ހިނގިއިރު، ފުލުހުން ކަރުނަ ގޭހާއި ބާރުގެ ބޭނުންކުރިއިރު، މުޒާހަރާގެ ބައިވެރިން ވަނީ އެކި އެއްޗެހި ބޭނުންކޮށްގެން ފުލުހުންނަށް ހަމަލާދީފައެވެ

މި މުޒާހަރާގައި މިހާތަނަށް ހަތަރު މީހަކު މަރުވެ، ފުލުހުން ހިމެނޭ ގޮތަށް އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

އިތުރު ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި އެ ސަރަހައްދުގައި ބޮޑެތި އެއްވުންތައް ބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މަނާކޮށްފައެވެ. ލަދާކްގެ ލީޑަރުން ސަރުކާރާ ދެމެދު އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު މަޝްވަރާތައް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved