March 11, 2026
Advertisement
ޓެކްސަސް
ޓެކްސަސް / ސީ.އެން.އެން

އެމެރިކާގެ ޓެކްސަސްގައި އަނދަމުންދާ އަލިފާންގަނޑު ނުރައްކާތެރި ހާލަތަކަށް

Azzama
އައްޒާމާ
Feb 29, 2024, 06:00 AM

އެމެރިކާގެ ޓެކްސަސްގައި އަނދަމުންދާ އަލިފާންގަނޑު ބާރު ސްޕީޑެއްގައި ރޯވެ، އެ ސްޓޭޓްގެ ތާރީހުގައި ދެވަނައަށް އެންމެ ބޮޑު އަލިފާންގަނޑަށް ވެއްޖެއެވެ.

Advertisement

އަލިފާންގަނޑު ރޯވީ ކޮން ސަބަބަކާ ހުރެ ކަމެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ގަދަ ވައިރޯޅިތަކާއި ހިކި ގަސްގަހާގެހި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަލިފާންގަނޑުތައް ދަނީ ފެތުރެމުންނެވެ. އަލިފާންގަނޑު ފެތުރެމުންދާ ސަރަހައްދުތަކުގައި ތިބި މީހުން އެހެން ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރިޕަބްލިކަން ޕާޓީގެ ގަވަރުނަރު ގްރެގް އެބޮޓް ވަނީ 60 ކައުންޓީއަކަށް ޑިޒާސްޓާ ޑިކްލެރޭޝަނެއް ނެރެފަ އެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި މޫސުން އަންދާޒާކުރާ ގޮތުން ފަޔާ ފައިޓަރުންނަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ވަނީ ލިބިފައި — ފިނިހޫނުމިން ފިނިވެ، ވައި މަދުވެ، ބުރާސްފަތި ދުވަހު ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved