March 11, 2026
Advertisement
ގާނާގެ ޕާލަމެންޓު
ގާނާގެ ޕާލަމެންޓު / ރޮއިޓަރސް

ގާނާއިން އެއްޖިންސުން ގުޅުން ހިންގުމާ އެއަށް ތާއީދު ކުރުން ޖިނާއީ ކުށަކަށް ހަދައިފި

Azzama
އައްޒާމާ
Feb 29, 2024, 05:21 PM

ގާނާގެ ޕާލަމެންޓުގެ އިއްތިފާގުން ބުދަ ދުވަހު ވަނީ އެލްޖީބީޓީކިޔު (އެއްޖިންސުން ގުޅުން ހިންގުން) ކުށަކަށް ހަދާ ތާރީޚީ ބިލް ފާސްކޮށްފައެވެ.

Advertisement

"ދިގު ތިން އަހަރަށް ފަހު އެންމެ ފަހުން އަޅުގަނޑުމެން މިވަނީ ހިއުމަން ސެކްޝުއަލް ރައިޓްސް އެންޑް ފެމިލީ ވެލިއުސް އެކްޓް ފާސްކޮށްފައި،" މި ބިލްގެ މައިގަނޑު އެއް ސްޕޮންސަރު ސޭމް ޖޯޖް އެކްސްގައި ޕޯސްޓް ކުރިއެވެ.

2021 ވަނަ އަހަރު މަޖިލީހަށް ހުށަހެޅި މި ބިލުގައި އެލްޖީބީޓީކިޔޫ ގުޅުންތައް ހިންގާ މީހުންގެ އިތުރުން އެލްޖީބީޓީކިޔޫގެ ހައްގުތަކަށް ތާއީދުކުރާ މީހުން ވެސް ކުށްވެރިކޮށްފައިވެ އެވެ.

އެފްރިކާގެ ގައުމުތަކުން އަދިވެސް އެއްޖިންސުން ގުޅުން ހިންގުން ފުޅާދާއިރާއެއްގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އޭގެ ބޮޑު ސަބަބަކީ އިސްތިއުމާރީ ޒަމާނުގެ ގާނޫނުތަކުގެ ސަބަބުންނެވެ. އެކަމަކު މުޅި އެފްރިކާގައި ފަހުގެ ބިލްތަކާއި ހުށަހަޅާފައިވާ ގާނޫނުތަކުގެ ރާފްޓެއް ވަނީ އެ ގާނޫނުތައް ސާފުކޮށް، ބައެއް ހާލަތްތަކުގައި ހަރުދަނާ ކުރުމަށް ބަލާފަ އެވެ.

ގާނާގެ ބިލް ގާނޫނަކަށް ވުމުގެ ކުރިން އެގައުމުގެ ރައީސް އެ ބިލް ތަސްދީގު ކުރަން ޖެހެއެވެ.

މި ބިލް ފާސްކުރުމުން ހުޅަނގާ އެމެރިކާ އަދި އދ އިން ވަނީ މިކަން ކުށްވެރިކޮށްފައެވެ. އދ.ގެ "އިންސާނީ ހައްގުތަކާ" ބެހޭ ވެރިޔާ ވޯލްކަރ ޓާކް ވަނީ ޕާލަމެންޓުން މި ބިލް ފާސްކުރުމަކީ "ފުންކޮށް ކަންބޮޑުވާ ކަމެއް" ކަމަށް ވިދާޅުވެ، އެ ބިލް ގާނޫނަކަށް ހަދަން ސޮއި ނުކުރުމަށް ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

މި ބިލް ފާސްކުރުމަށް ރައްދު ދެއްވަމުން ޔޫއެންއެއިޑްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ވިނީ ބަޔާނިމާ ވަނީ އެ ބިލް ގާނޫނަކަށް ވެއްޖެނަމަ "އެންމެންނަށް އަސަރުކޮށް" އެޗްއައިވީ އާއި އެއިޑްސްއާ ދެކޮޅަށް އެގައުމުން ކުރާ މަސައްކަތަށް ހުރަސްއެޅޭނެ ކަމަށް ބުނެ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved