April 3, 2026
Advertisement
ފްލޮޓީލާއާ ގުޅެން އިތުރު އުޅަނދުތަކެއް
ފްލޮޓީލާއާ ގުޅެން އިތުރު އުޅަނދުތަކެއް / ސޯޝަލް މީޑިއާ

ފްލޮޓިލާއާ ގުޅެން އިތުރު އުޅަނދުތަކެއްގެ ރާޅެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Oct 3, 2025, 08:04 PM
މާލެ ސިޓީ

ގްލޯބަލް ސުމޫދު ފްލޮޓިލާ އާއެކު އިތުރު 9 އުޅަނދު މިހާރު ދަތުރު ފަށާފައިވާ ކަމަށް ހާމަކޮށްފިއެވެ.

Advertisement

ފްލޮޓިލާގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ދަތުރުގެ މައިގަނޑު މަގްސަދަކީ އިޒްރޭލުން ގިނަ އަހަރުތަކެއް ވަންދެން ގާނޫނާ ހިލާފަށް ޣައްޒާގައި ކުރަމުންދާ ހިސޯރު ނިމުމަކަށް ގެނައުން ކަމަށެވެ. އަދި މި މިޝަނަކީ ހަމައެކަނި އިންސާނީ އެހީގެ މަގްސަދުގައި ކުރިއަށްގެންދާ މިޝަނެއް ކަމަށް އެފަރާތުން ފާހަގަކޮށްފައިވެއެވެ.

އެގޮތުން މަގްސަދުގެ ތެރޭގައި، ކާނާއާއި، ކުޑަކުދިންގެ ކިރާއި، ފުރާނަ ސަލާމަތްކުރާ ބޭސް ފަލަސްޠީނަށް ފޯރުކޮށްދިނުން ފްލޮޓިލާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މި މިޝަނަކީ ޣައްޒާގެ ރައްޔިތުންނަށް އުއްމީދެއްގެ ގޮތުގައި ކުރިއަށްގެންދާ މިޝަނެއްކަން ފާހަގަކޮށް، އިންސާނިއްޔަތަށްޓަކައި މި މަސައްކަތް ކުރިއަށްގެންދާނެކަމަށް ފްލޮޓިލާގެ ފަރާތުން ބުނެފައިވެއެވެ.

މިޝަނުގައި އެއްވެސް ހަތިޔާރެއް ނުވަތަ އަނިޔާވެރި މަގްސަދެއް ނެތްއިރުވެސް މި މިޝަނަށް ހަމަލާދެވެމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި އިޒްރޭލުގެ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތައް ދުނިޔެއަށް ހާމަވާންޖެހޭ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ)ގެ ފުރަތަމަ ރާޅުގައި 44 އުޅަނދެއް ބައިވެރިވިއެވެ. ބައިނަލްއަގްވާމީ ޤާނޫނަށް ގޮންޖަހައި، އެ ހުރިހާ އުޅަނދެއް ވަނީ ހުއްޓުވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved