March 11, 2026
Advertisement
ދެކުނު ކޮރެއާގެ ޖޫނިއަރ ޑޮކްޓަރުންގެ މުޒާހަރާ
ދެކުނު ކޮރެއާގެ ޖޫނިއަރ ޑޮކްޓަރުންގެ މުޒާހަރާ / ރޮއިޓަރސް

ހަޅުތާލު ކުރާ ޑޮކްޓަރުން ވަޒީފާއަށް ނުނިކުންނަ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޮރެއާ ސަރުކާރުން ދީފި

Azzama
އައްޒާމާ
Feb 29, 2024, 09:09 PM

ހަޅުތާލުކުރާ އެތައް ހާސް ޖޫނިއާ ޑޮކްޓަރުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިންޒާރު ދެކުނު ކޮރެއާގެ ސަރުކާރުން މިއަދު ދީފިއެވެ. ސަރުކާރުން އަންގަނީ ބުރާސްފަތި ދުވަހު އެނބުރި މަސައްކަތަށް ނުދާނަމަ މެޑިކަލް ލައިސަންސް ބާތިލް ކުރާނެ ކަމަށެވެ.

Advertisement

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮރެއާގެ ޖޫނިއާ ޑޮކްޓަރުންގެ ތިންބައިކުޅަ އެއްބައި މީހުން ވަޒީފާއަށް ނުކުތުން ހުއްޓާލުމުން، ޓީޗިންގް ހޮސްޕިޓަލްތަކުގައި ކުރާ ސާޖަރީތަކަށް ބުރޫއަރާ ލަސްވެފައިވެއެވެ.

ޓްރެއިނިން ޑޮކްޓަރުން މުޒާހަރާ ކުރަނީ ސަރުކާރުން ޑޮކްޓަރުން އިތުރު ކުރުމުގެ ގޮތުން ޔުނިވާސިޓީތަކަށް ޑޮކްޓަރީ ކަން ކިޔަވަން ގިނަ ބަޔަކަށް ފުރުސަތުދޭން ނިންމާފައިވާތީ އެކަމާ ދެކޮޅަށެވެ.

ސަރުކާރުގެ ހުށަހެޅުންތަކުގެ ދަށުން އަންނަ އަހަރު ޔުނިވާސިޓީއަށް ވަންނަ މެޑިކަލް ދަރިވަރުންގެ އަދަދު 3،000 އިން 5،000 އަށް އިތުރުވާނެ އެވެ. ހަޅުތާލުކުރާ ޑޮކްޓަރުން ބުނާ ގޮތުގައި އިތުރު ޑޮކްޓަރުން ތަމްރީނު ކުރުމުން ފަރުވާގެ ފެންވަރު ދަށްވާނެ ކަމަށާއި އޭގެ ސަބަބުން ގާބިލްކަން ކުޑަ ޑޮކްޓަރުންނަށް މެޑިކަލް ލައިސަންސް ލިބި، ސިއްހީ ނިޒާމް ބަލިކަށިވާނެތީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved