April 4, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ބަނޑުހައިހޫނުކަމުގެ ތެރޭގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިންޑިއާ މީހުން މަލާމާތް ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 6, 2025, 03:15 AM
މާލެ ސިޓީ

ބަނޑުހައިހޫނުކަމުގެ ތެރޭގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިންޑިއާ މީހުން މަލާމާތް ކޮށްފިއެވެ.

Advertisement

އިންޑިއާގެ ޕޮޑްކާސްޓެއްގެ ކްލިޕެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު މި ވީޑިއޯއިން ފެންނަ ގޮތުގައި ފަލަސްތީނުގެ ރައްޔިތުން އެންމެ ގަޔާވާ ނާސްތާއަކީ ކޮބާތޯ އަހާފައިވެއެވެ. މި ސުވާލަށް ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ކަމުދަނީ "މިސައިލް-ޕާއޯ" ކަމަށް ބުނެ އެ ޝޯގެ ހޯސްޓްވަނީ އެ މީހުންނަށް މަލާމާތް ރައްދުވާގޮތަކަށް ވާހަކަދައްކާފައެވެ.

ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފާއި ބަނޑުހައިހޫނުކަމަށް މިފަދައިން ސޯޝަލް މީޑިއާގައި ފާޅުކޮށް ޖޯކު ޖެހުމަކީ މުޅި އިންސާނިއްޔަތަށްވެސް ހުރި ލަދެއް ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައި މި ހާދިސާ ކުށްވެރިކޮށް، އެއީ އިންސާނިއްޔަތުކަން ގެއްލި އަނިޔާވެރިކަމުގެ ގޮތެއް ކަމަށް ބުނެ އިންޑިއާއަށް އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

“މިއީ ސަމާސާއެއް ނޫން،” ކޮމެންޓެއް ކުރި މީހަކު ލިޔެފައިވެ އެވެ.

“މިއީ މިހާރުވެސް ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިކަމެތި ހާލަށް ފުރައްސާރަކުރުން.” އިތުރު މީހަކު ލިޔެފައިވެއެވެ.

މީގެ އިތުރުން މިއީ މޯދީ ސަރުކާރުން ދިފާއީ އަދި ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިން ޣައްޒާގެ ރައްޔިތުންނަށް ހިންގަމުންދާ ގަތުލުއާންމަށް ތާއީދުކުރާ ކަމުގެ ހެއްކެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މޯދީ ސަރުކާރަކީ މުސްލިމުންނާއި ދެކޮޅު ސަރުކާރަކަށްވާއިރު ފަލަސްތީނުގެ ރައްޔިތުން މަރަން އިޒްރޭލަށް ވާގިވެރިވާ ބައެކެވެ. އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް މޯދީ ސަރުކާރުން ހަރަކާތްތައް ރާވާ ހިންގަމުންދާ މައްސަލައިގައި އިންޑިއާގެ މަޝްހޫރު ފަރާތްތަކުންވެސް މޯދީއާއި ދެކޮޅަށް އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved