April 4, 2026
Advertisement
-
- / ޕާކިސްތާން ޓުޑޭ

އިންޑިއާއިން އިންޒާރު ދެމުން ދަނިކޮށް ޕާކިސްތާން، ޗައިނާ އަދި ސައުދީއިން އަސްކަރީ ތަމްރީނުތައް ބާއްވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 8, 2025, 02:47 AM
މާލެ ސިޓީ

އިންޑިއާއިން އިންޒާރު ދެމުން ދަނިކޮށް ޕާކިސްތާން، ޗައިނާ އަދި ސައުދީއިން އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.

Advertisement

މި ތަމްރީންތަކަކީ ޕާކިސްތާނާއި ޗައިނާ އަދި ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ގުޅިގެން ހިންގާ އަސްކަރީ ތަމްރީނުތަކެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ. "ވޮރިއަރ-9" ގެ ނަމުން ނަންދީފައިވާ މި ތަމްރީން ޕްރޮގްރާމަކީ މަހެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާގައެވެ.

މިއީ 2010 ވަނަ އަހަރު ފެށި ޕާކިސްތާނާއި ޗައިނާއާ ދެމެދު ދިގު މުއްދަތަކަށް ކުރިއަށްދާ "ވޮރިއަރ" ސީރީޒްގައި ސައުދީ ސިފައިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ގާތްގަނޑަކަށް 1،500 ސިފައިން ބައިވެރިވަމުންދާއިރު، ޕާކިސްތާނުން 800 ސިފައިންނާއި، ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ 500 ސިފައިންނާއި، ސައުދީ އަރަބިއްޔާގެ ނޭޝަނަލް ގާޑުން 200 ސިފައިން ބައިވެރިވެއެވެ. މި ތަމްރީނުތަކުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް، ޑްރޯން އޮޕަރޭޝަންސް، ލައިވް ފަޔަރ ޑްރިލްސް، އަދި ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕީއީސީ) އާއި ގުޅިފައިވާ ވިޔަފާރީގެ މަގުތައް ހިމާޔަތް ކުރުމަށް ކަނޑުގެ ދިފާޢީ ކަންކަން ހިމެނެއެވެ.

އަސްކަރީގޮތުން ވަރުގަދަ މި ތިން ގައުމުން ގުޅިގެން ތަމްރީނުތަކެއް ކުރިއަށް ގެންދާއިރު މިފަހަން ޕާކިސްތާނާއި ސައުދީއިން ވަނީ އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުން ސޮއި ކުރި ފަހުން އިންޑިއާއިން އަންނަނީ ޕާކިސްތާނަށް ބަހުގެ ހަމަލާތައްދީ ޕާކިސްތާން ދުނިޔޭގެ ޗާޓުންވެސް ފުހެލާނެ ކަމަށްބުނެ އިންޒާރު ދެމުންނެވެ.

އިންޑިއާއަކީ ނިއުކްލިއަރ ގޮތުން ޕާކިސްތާނާއި ޗައިނާ އާއި ޖައްސާލައި އެމީހުންނާއި ދެކޮޅަށް އޮޕަރޭޝަންތައް ޖައްސަމުން އަންނަ ގައުމަކަށްވާއިރު ނިއުކްލިއަރ ބޮޑު ތިން ބާރު އެކުވެގެން މަސައްކަތް ކުރުމަކީ އިންޑިއާއަށް ލިބިގެންދާނެ ބޮޑު ހާސްކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved