April 4, 2026
Advertisement
-
- / އެންސީބީ ނިއުސް

އެމެރިކާގެ ސިޔާސަތާއި މީޑިއާއަށް ޒަޔަނިސްޓުން އަތްގަދަކޮށްފި:ވެނެޒުއޭލާ ރައީސް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 10, 2025, 03:01 PM
މާލެ ސިޓީ

އެމެރިކާގެ ސިޔާސީ ނިންމުންތަކާއި އަދި މީޑިއާގެ މައްޗަށް ޒަޔަނިސްޓުންގެ ފުރިހަމަ ކޮންޓްރޯލް އޮތް ކަމަށް ވެނެޒުއެލާގެ ރައީސް މަދޫރޯ ވިދާޅުވެއްޖެއެވެ.

Advertisement

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހާމަކުރައްވާފައިވާ ގޮތުގައި، އެމެރިކާގެ ސިޔާސީ ކަންކަމާއި، މީޑިއާގެ އިތުރުން އޮންލައިން ޕްލެޓްފޯމްތަކަށް ވެސް ޒަޔަނިސްޓުން މިހާރު ގެންދަނީ ފުރިހަމައަށް ބާރު ފޯރުވަމުންނެވެ.

މަދޫރޯގެ މި ސްޓޭޓްމަންޓް ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑު ސަމާލުކަމެއް ހޯދާފައިވާއިރު އެހެން ގައުމުތަކުންވެސް މިކަމަށް އެއްބަސްވެ ވާހަކަ ދައްކަމުންނެވެ.

ބާރު ހިންގަނީ ކާކު ކާކުގެ މައްޗަށްތޯ؟ ނަތަންޔާހޫ އެމެރިކާގެ މައްޗަށްތޯ ނުވަތަ އެމެރިކާ ނަތަންޔާހޫގެ މައްޗަށްތޯ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމެރިކާގައި ބާރުގައި ތިބީ ޒަޔަނިސްޓުން

މަދޫރޯ ވިދާޅުވިއެވެ.

މަދޫރޯގެ މިބަސްފުޅުން ދޭހަވަނީ، އެމެރިކާގެ ސިޔާސަތުތަކަށާއި އަދި އެމެރިކާގެ ވައިޓް ހައުސްއާއި ކޮންގްރެސްގެ އިތުރުން އެގައުމުގެ މީޑިއާއަށް ވެސް ސަހްޔޫނީންގެ ނުފޫޒު ފޯރުވާ ކަމަށެވެ.

ވެނެޒުއޭލާއާއި ސަހްޔޫނީންނާއި ދެމެދު އޮތް ގުޅުން ގޯސްވާން ފެށީ 2008 ވަނަ އަހަރުގައެވެ. ހޫގޯ ޗާވޭޒްގެ ވެރިކަމަށްފަހު މަދޫރޯ ވެރިކަމަށް ވަޑައިގަތުމާއެކު، ގުޅުން އިތުރަށް ގޯސްވެގެން ދިޔައެވެ.

2008-2009 ވަނަ އަހަރު ޣައްޒާގައި ހިނގި ހަނގުރާމައަށްފަހު 2009 ވަނަ އަހަރު ވެނެޒުއޭލާއިން ވަނީ ސަހްޔޫނީންނާއި އޮތް ހުރިހާ ގުޅުމެއް މުޅިން ކަނޑާލާފައެވެ. އޭރުގެ ރައީސް ޗާވޭޒް ވަނީ އޭނާ އަވަހާރަކޮށްލަން އެގައުމުން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށް، ސަހްޔޫނީންނަކީ "ޓެރަރިސްޓު ދައުލަތެއް" ކަމަށް ސިފަކޮށްފައެވެ.

ވަނަ އަހަރުން ފެށިގެން މަދޫރޯ ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތަކަށް ބައިނަލްއަގްވާމީ މުޖުތަމަޢުއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މަދޫރޯގެ މިފަދަ ބަސްފުޅުތަކުން ދޭހަވަނީ، ވެނެޒުއޭލާއިން ފަލަސްތީނަށް ކުރާ ތާއީދު ވަރުގަދަވެފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved