theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
އިންޑޮނޭޝިއާ އާއި ޕަލައުއަށް ސުނާމީގެ އިންޒާރު!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
10 އޮކްޓޯބަރު 2025
މާލެ ސިޓީ

ފިލިޕިންސަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އިންޑޮނޭޝިއާ އާއި ޕަލައުއަށް ސުނާމީގެ އިންޒާރު ދީފިއެވެ.

ފިލިޕިންސަށް މިއަދު ހެނދުނުގެ ވަގުތެއްގައި ބިންހެލުމެއް އައިސްފައިވަނީ 7.4 މެގްނިޓިއުޑް ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިން ފިލިޕިންސްގެ މިންޑަނައުއަށެވެ.

އެމެރިކާގެ ބިންހެލުންތައް މޮނިޓާ ކުރާ އިދާރާއިން ބުނީ، ބިންހެލުމާއި ގުޅިގެން ފިލިޕިންސްގެ އައްސޭރިފަށަށް 1-3 މީޓަރު ހުންނަ ރާޅުތައް އަރާނެ ކަމަށް ބެލެވޭ ކަމަށާއި އަދި 0.3-1 މީޓަރު ހުންނަ ރާޅުތައް އިންޑޮނޭޝިއާ އާއި ޕަލައުގެ ބައެއް ސަރަހައްދުތަކަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިންޑޮނޭޝިއާއަށް ރާޅުތަކެއް އަރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު، ރޮއެޓާސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޮންޑޮނޭޝިއާގެ ސުލަވެސި އާއި ޕަޕުއާ ސަރަހައްދުތަކަށް ވަނީ ސުނާމީގެ އިންޒާރު ދީފައެވެ.

މި ބިންހެލުމާއި ގުޅިގެން ޕިލިޕިންސްގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ އައްސޭރިފަށުގައި ދިރިއުޅޭ ފަރާތްތަކުން އުސް ސަރަހައްދުތަކަށް ބަދަލުވުމަށް އިލްތިމާސް ކޮށްފައެވެ.

އެގައުމުގެ ރައީސް، ފާޑިނަންޑް މާކޯސް ޖޭއާރް ބުނެފައިވަނީ ބިންހެލުން ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށާއި، އެންމެންގެ ސަލަމަތް ކަށަވަރު ކުރުމަށް އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބިންހެލުމާއި ގުޅިގެން ފިލިޕިންސްއިން ބަޔަކު މަރުވި ކަމެއް އަދި ލިބުނު ގެއްލުންތަކެއް މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އިމާރާތްތަކަށް ބައެއް ގެއްލުން ލިބިފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved