March 16, 2026
Advertisement
"އުއްމަތް ފަލަސްތީނާ އެކު" އިވެންޓު ފަސްކޮށްފި
"އުއްމަތް ފަލަސްތީނާ އެކު" އިވެންޓު ފަސްކޮށްފި / ސޯޝަލް މީޑިއާ

މިރޭ ބާއްވަން ހަމަޖެހިފައި އޮތް "އުއްމަތް ފަލަސްތީނާއެކު" އިވެންޓު ފަސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 10, 2025, 08:51 PM
މާލެ ސިޓީ

މިރޭ ބާއްވަން ހަމަޖެހިފައި އޮތް "އުއްމަތް ފަލަސްތީނާއެކު" އިވެންޓު ފަސްކޮށްފިއެވެ.

Advertisement

"ޔޫތު ފޯ ޔުނިޓީ"ގެ ފަރާތުން މިރޭ 8:45 ގައި އާޓީފިޝަލް ބީޗުގައި ކުރިން ބާއްވަން ނިންމާފައި އޮތް އިވެންޓު ފަސްކުރެވުނީ މޫސުން ތަން ނުދީގެން ކަމަށް އެ ޖަމްއިއްޔާއިން ވަނީ މައުލޫމާތު ދީފައެވެ. މި އިވެންޓު ފަސްކުރެވުނީ ތާރީޚެއް ނެތް ގޮތަށް ނަމަވެސް މަސައްކަތްކުރަމުންދާނީ ވީ އެންމެ އަވަހަކަށް މި އިވެންތު ބޭއްވުމަށް ކަމަށް "ޔޫތު ފޯ ޔުނިޓީ"ގެ ފަރާތުން ހާމަކޮށްފައިވެއެވެ.

މިރޭގެ 8:45ގައި އާޓީފިޝަލް ބީޗުގައި ބާއްވަން ކުރިން ނިންމާފައި އޮތީ" ފަލަސްތީނު މައްސަލައިގެ ހައްލު" މިނަމުގައި ބާއްވާ އެއްވުމަކާ ހިނގާލުމެކެވެ. ނަމަވެސް މޫސުން މިވަގުތު ގޯސްވެފައިވުމާ އެކު މޫސުން ތަންދިންހާ އަވަހަކަށް އިވެންޓު ބާއްވަން ނިންމާ މިރޭގެ އިވެންޓު ލަސްކުރީއެވެ.

ޔޫތު ފޯ ޔުނިޓީގެ ފަރާތުން މީގެ ކުރިންވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެއްވުންތަކާ ހިނގާލުންތައް ބާއްވާފައިވެއެވެ.

ފަލަސްތީނުގެ މައްސަލައަށް ބަލާއިރު މިހާރު ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށް އެ ސަހަރުގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި ސަހްޔޫނިންނާ ދެމެދު ވަނީ އެއްބަސްވުމަކަށް އާދެވިފައިކަމަށް އެމެރިކާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved