March 16, 2026
Advertisement
"އުންމަތް ފަލަސްތީނާއި އެކު" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވައިފި
"އުންމަތް ފަލަސްތީނާއި އެކު" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވައިފި / ސޯޝަލް މީޑިއާ

"އުންމަތް ފަލަސްތީނާއި އެކު" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވައިފި

Aishath Naja
އައިޝަތު ނަޖާ
Oct 26, 2024, 06:32 PM
މާލެ ސިޓީ

"އުންމަތް ފަލަސްތީނާއި އެކު" ނަމުގައި ޚާއްސަ ހިނގާލުމެއް ހުކުރު ދުވަހުގެ ރޭ ބާއްވައިފިއެވެ.

Advertisement

ޔޫތް ފޯ ޔުނިޓީން އިސް ނަގައިގެން ހުކުރު ދުވަހުގެ ރޭގެ 08:00ން ފެށިގެން ކުރިއަށް ގެންދިޔަ ހިނގާލުން ކުރިއަށް ދިޔައީ ސޯޝަލް ސެންޓަރ އިން ފެށިގެން އާޓިފިޝަލް ބީޗާއި ހަމައަށެވެ.

މި ހިނގާލުމަށް ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ. އެ ހިނގާލުމުގައި އެހެން ޖަމިއްޔާތައް ވެސް ބައިވެރިވެފައިވެއެވެ. އެ ހިނގާލުމުގެ ބައިވެރިން ވަނީ އެމެރިކާ އެމްބަސީ ރާއްޖެއިން ބޭރުކުރުމަށް ގޮވާލާފައެވެ. އަދި ސަހްޔޫނީންގެ ޕާސްޕޯޓް މަނާކޮށް އެމީހުންނަށް ވާގިވެރިވާ ޕްރޮޑަކްޓްތައް މަނާކުުރުމަށް ވެސް ބައިވެރިން ވަނީ ގޮވާލާފައެވެ.

އެ ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗްގައި ޚާއްސަ ދަރުސްއެއް ވަނީ ބާއްވާފައެވެ. އެ ދަރުސްގައި ފަލަސްތީނުގެ މުގައްދަސް ބިމާއި، ފަލަސްތީނުގައި ސަހްޔޫނީން ހިންގާ ޖަރީމާތަކާއި ގުޅޭ މައުލޫމާތު ވަނީ ދީފައެވެ.

ހުކުރު ދުވަހު ހަވީރު ވެސް މިފަދަ ބައެއް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބޮއިކޮޓް ސްޓޯލްގެ ނަމުގައި ސްޓޯލް އެއް ބަހައްޓާ ބޮއިކޮޓްކޮށްފައިވާ ސަހްޔޫނީންގެ ޕްރޮޑަކްޓްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ޕްރޮޑަކްޓްތައް އެ ސްޓޯލްތަކުން ވަނީ ދައްކާލާފައެވެ. ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ފަންޑް ރެއިޒިން ހަރަކާތެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ވެސް ވަނީ ހިންގާފައެވެ.

ސަހްޔޫނީންގެ ޕާސްޕޯޓް މަނާނުކޮށް ބަހަނާއަކަށްފަހު ބަހަނާއެއް ދައްކަމުންދާތީ އާންމުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved