
ޔޫތު ފޯ ޔުނިޓީން މޭ 1 ބުރާސްފަތި ދުވަހުގެރޭ ރާޅުގަނޑުގައި އިހްތިޖާޖު ކުރާނެކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަރަކާއި ގުޅިގެންނެެވެ.
މި އިހްތިޖާޖު އޮންނާނީ ރާޅުގަނޑު ސަރަހައްދުގައި ރޭގަނޑު 8:30 ގައެވެ.
އަދި މިއީ އަނިޔާވެރިކަމާއި ފެއިލްވެފައިވާ ސިސްޓަމާއި، ވާނުވާ ބަންދުތަކާ ދެކޮޅަށް އެއްވާ އެއްވުމެއްކަމަށް އެ ޖަމިއްޔާއިންވަނީ މައުލޫމާތު ދީފައެވެ.
އެގޮތުން މި އިހްތިޖާޖުގައި ބައިވެރިވުމަށް އެ ޖަމިއްޔާއިންވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
މާދަމާއަކީ މޭޑޭއެވެ. އެގޮތުން ގިނަ އަދަދެއްގެ އިހްތިޖާޖުތަކެއް މޭޑޭގައި ބޭއްވުމަށް ރާވާކަމަށް ސޯޝަލް މީޑިއާގައިވަނީ އަޑުތައް ފެތުރެމުންނެވެ.




