April 4, 2026
Advertisement
-
- / ބަންގްލަދޭޝް މީޑިއާ

ޕާކިސްތާނުގައި ބޭނުންކުރާ ޗައިނާގެ ފައިޓާ ޖެޓްތައް ގަތުމަށް ބަންގްލަދޭޝްއިން ތައްޔާރުވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 11, 2025, 05:22 PM
މާލެ ސިޓީ

ބަންގްލަދޭޝް އިން 2.2 ބިލިއަން ޑޮލަރުގެ ދިފާއީ އެއްބަސްވުމެއްގެ ދަށުން ޗައިނާއިން އުފައްދާފައިވާ ޖޭ-10ސީއީގެ 20 ފަޔަރ ޖެޓްގަތުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ. މި ފިޔަވަޅަކީ އެގައުމުގެ ވައިގެ ސިފައިން ޒަމާނީ ވަޞީލަތްތަކަށް ހާނުވާ، ހަލަބޮލި ސަރަހައްދެއްގައި ގައުމުގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށް ކުރަމުންދާ ފުޅާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ފިޔަވަޅެއް ކަމަށް ބަންގްލަދޭޝްއިން ބުނެއެވެ.

Advertisement

ބަންގްލަދޭޝްއިން ގަތުމަށް ތައްޔާރުވަމުންދާ ޖެޓްތަކަކީ ޕާކިސްތާނުންވެސް ބޭނުންކުރާ ބާވަތުގެ ފައިޓާ ޖެޓްތަކެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ބަންގްލަދޭޝްއިން ގަންނަނީ ހަމައެކަނި ޖެޓްތަކެއް ނޫނެވެ. މި ޑީލްގައި ޕައިލެޓް ޓްރެއިނިން، ސްޕެއާ ޕާޓްސް، މެއިންޓެނަންސް، އަދި ސަޕޯޓް ސިސްޓަމްތައް ހިމެނޭއިރު، ގާތްގަނޑަކަށް 10 އަހަރަށް މި ޑީލްގެ ޕޭމަންޓްތައް ބަހާލައިފައިވެއެވެ.

-
-

ބަންގްލަދޭޝްގައި މިހާރު ބޭނުންކުރަނީ ދުވަސްވީ ގިނަ މަތިންދާބޯޓުތަކެވެ. ހާއްސަކޮށް ޗައިނާގެ އެފް-7 އާއި ރަޝިޔާގެ ބައެއް މިގް-29 އެވެ. މި ދުވަސްވީ ޖެޓްތައް ބެލެހެއްޓުމަށް ދަތިވަމުންދާ ކަމަށް ބަންގްލަދޭޝްއިން ފާހަގަކޮށްފައިވެއެވެ.

ޕާކިސްތާނުން މިހާރުވެސް ޖޭ-10ސީއީ / ޖޭ-10ސީ ޓައިޕްގެ ޖެޓްތައް ބޭނުންކުރާއިރު ބަންގްލަދޭޝްގެ މި ޑީލްގެ ސަބަބުން ބަންގްލަދޭޝް ވައިގެ ބާރުގެ ގޮތުން ޕާކިސްތާނުގެ ފެންވަރާ ގާތަށް ގެންދާނެ ކަމަށް ގިނަ ފަރާތްތަކުން ލަފާކުރާއިރު ޕާކިސްތާނުން ޗައިނާއާއި ސައުދީއާއި އަސްކަރީ ގޮތުންނާއި ޚާރިޖީ ގޮތުން ގުޅުން ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައި ބަންގްލަދޭޝްއިން މިފަދަ ނިންމުމެއް ނިންމުމުގެ ސަބަބުން އިންޑިއާއިން އިތުރަށް ކަންބޮޑުވާނެކަމަށްވެސް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved