March 22, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

ގޮތް ހުސްވެ ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލުމަށް މޯދީ ސަރުކާރުން އެއްބަސްވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 17, 2025, 03:32 PM
މާލެ ސިޓީ

ޔޫކްރޭންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ރަޝިޔާއަށް އިގްތިސާދީ ޕްރެޝަރު ކުރަން މަސައްކަތް ކުރަމުން ދާ ދަނޑިވަޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލަން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

Advertisement

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓްރަމްޕް ބުނީ އިންޑިއާއިން "ކުޑަ މުއްދަތެއްގެ ތެރޭގައި" ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.

ޓްރަމްޕްގެ ވިޔަފާރީގެ ހަނގުރާމައިގައި އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް އިންޑިއާއިން މިހާތަނަށް ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަ މައްސަލައިގައި ޓްރަމްޕް ވަނީ އިންޑިއާއިން ގަންނަ މުދަލަށް 50% ހަމައަށް ޓެކްސްވެސް ބޮޑުކޮށްފައެވެ. މި ޓެކްސް މިހާރު 25% އަށް ތިރިކުރި މި ދަނޑިވަޅުގައި ޓްރަމްޕްގެ އެއްބަސްވުމަށް އިންޑިއާއިން އާ ބަސް ނުބުނާނަމަ މި % އިތުރުކުރާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ މޯދީ ސަރުކާރުން އަންނަނީ ގިނަ ގައުމުތަކާއި އެކު ޚާރިޖީ އަދި ދިފާއީ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާތައް ކުރަމުންނެވެ. މިގޮތުން އަފްޣާނިސްތާން، ޗައިނާ އަދި ކެނެޑާގެ ބޮޑު ވަޒީރާއި މޯދީ ސަރުކާރުން ވަނީ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ގޭސް އެންމެ ގިނައިން އެކްސްޕޯޓްކުރާ އެއް ޤައުމަކީ ރަޝިޔާއެވެ. އެ ގައުމުގެ އެންމެ ބޮޑު ކަސްޓަމަރުންގެ ތެރޭގައި ޗައިނާ، އިންޑިއާ އަދި ތުރުކީ ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved