March 15, 2026
Advertisement
.
. / ތޭރަ އޮންލައިން

ރާއްޖެއިން ތެޔޮ ވިއްކަން އެދިފައި އޮއްވާ އެޔަށް ޖަވާބެއް ނުދީ އިންޑިއާ އެމްބަސީ އިން ޖަނަރޭޓަރެއް ގަންނަނީ

Yana Shareef
ޔާނާ ޝަރީފް
Mar 14, 2026, 11:21 PM

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރާއްޖެއަށް ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުން އަރައިގަތުމަށް އިންޑިއާގެ އެހީތެރިކަމަށް ރާއްޖެއިން އެދުނުތާ ދެ ދުވަސް ވެފައިވާއިރު، އެކަމަށް އެދެވޭ ޖަވާބެއް ދިނުމުގެ ބަދަލުގައި މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އަމިއްލަ ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ފަށައިފިއެވެ.

Advertisement

ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އެދިފައިވާ މި ދަނޑިވަޅުގައި، އިންޑިއާއިން މިފަދަ ފިޔަވަޅެއް އެޅުމަކީ ރާއްޖޭގެ ކަރަންޓުގެ ވިއުގައަށް އޮތް އިތުބާރު ކުޑަވެފައިވާ މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

މިދިޔަ ދެ ދުވަހުވެސް ދިވެހި ސަރުކާރުން ވަނީ ތެޔޮ ހޯދުމުގެ މައްސަލައިގައި އިންޑިއާގެ އެހީއަށް އެދިފައެވެ. ނަމަވެސް، އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ހުށަހެޅުންތައް އަދިވެސް ދަނީ "ދިރާސާ ކުރަމުން" ކަމަށެވެ. މި މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، އިންޑިއާ އެމްބަސީން ސްޓެލްކޯގެ ކަރަންޓަށް ބަރޯސާވުން ހުއްޓާލައި، އަމިއްލަ ޖަނަރޭޓަރެއް ހޯދުމަށް ކުރާ މަސައްކަތަކީ، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ކުރިމަތިވެދާނެ ހަކަތައިގެ ބޮޑު ކާރިސާއަކުން ސަލާމަތްވުމަށް އެމްބަސީން ރާވާފައިވާ ރޭވުމެއް ކަމަށް ބެލެވެއެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ހިންގުމުގެ ދޯހަޅިކަމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އިންޑިއާއިން ގަބޫލުކުރާކަމުގެ ހެއްކެކެވެ. ރާއްޖެއިން ތެޔޮ ހޯދަން އެދުމުން އެކަމަށް ވަގުތުން ގޮތެއް ނިންމުމުގެ ބަދަލުގައި، އެމްބަސީގެ އަމިއްލަ ރައްކާތެރިކަމަށް އިސްކަންދީ ޖަނަރޭޓަރެއް ހޯދުމަކީ، ދިވެހި ސަރުކާރަށް ދިން ނުސީދާ މެސެޖެއް ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved