June 24, 2026
Advertisement
-
- / އައިއޭސީ

އައިއޭސީން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދޭން ފަށައިފި

Aiminath Sarah
އައިމިނަތް ސާރާ
Oct 26, 2025, 03:36 PM
މާލެ ސިޓީ

ސަހްޔޫނީން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލް ޢާންމު ސުލްހައިގެ އެއްބަސްވުމަކާއި އެކު ހުއްޓާލުމާއިއެކު، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވާކަމަށް ރާއްޖެއިން ޣައްޒާއަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

Advertisement

އައިއޭސީން ބުނި ގޮތުގައި އެ ޤަތުލްޢާންމު ހުއްޓާލުމާއެކު 4،200 ކާބޯތަކެތީގެ ޕެކޭޖް ވަނީ ޣައްޒާގެ ދެއިރްބަޙަލް އަށް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހަނޑޫ، އޮލިވްއޮއިލް، ހަކުރު، ލޮނު، ސައިފަތް، ޓޮމާޓޯ ޕޭސްޓް، ސޫޕް ޕައުޑަރު، ޓޫނާ، ޗީސް، އަދިގެސް އިތުރު ބާވަތްތައް ވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ޤަތުލުއާއްމު ހުއްޓި ޣައްޒާގެ ރައްޔިތުން ގެތައް ހުރި ހިސާބުތަކަށް އަލުން އަންނަމުންދާއިރު މިފަދަ އެހީތަކަކީ އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށާއި، ކެއިން ބުމާއި ބޯހިޔާވަހިކަމުގައި ދިވެހީންގެ އެހީތެިރކަން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކަމަށްވެސް އައިއޭސީއިން ބުނެފައިވެއެވެ.

އައިއޭސީ މެދުވެރިކޮށް ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޓްރާންސްފާ ކުރެވޭނެ އެކައުންޓްތައް:

ބީއެމްއެލް އިސްލާމިކް: 7770000062741

އެމްއައިބީ: 90101555002111001

އެކައުންޓް ނަން: International Aid Campaign

-
-
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved