March 16, 2026
Advertisement
ޝާޒް އަދި ހުސައިން
ޝާޒް އަދި ހުސައިން / އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި އަމަލީގޮތުން ރާއްޖޭގެ ދެ ފަރާތަކުން ހަރަކާތްތެރިވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 4, 2025, 02:36 AM
މާލެ ސިޓީ

ޣައްޒާއަށް އެހީ ފޮރުކޮށްދިނުމުގައި އަމަލީގޮތުން ރާއްޖޭގެ ދެ ފަރާތަކުން ހަރަކާތްތެރިވާން ތައްޔާރުވަމުން އަންނަކަމަށް އިންޓަނޭޝަނަލް އެއިޑްސް ކެމްޕެއިން ޖަމްއިއްޔާއިން ބުނެފިއެވެ.

Advertisement

ޣައްޒާއަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި ނުވެއްދޭ ގޮތަށް ސަހްޔޫނީން ކަނޑައަޅާފައިވާ ހިސޯރު ނައްތާލުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖެ ތަމްސީލު ކުރުމުގައި އަމަލީގޮތުން ބައިވެރިވާ ދެ ބައިވެރިންނަކީ ޑރ ހުސައިން ހަލީމާއި އަދި އިބްރާހީމް ޝާޒް ކަމަށް މި ޖަމްއިއްޔާއިން ހާމަކޮށްފައިވެއެވެ.

މިގޮތުން، މި ހިސޯރު ނައްތާލުމަށް އެކި އެކި ދާއިރާތަކުގެ މީހުން ގޮވައިގެން ކަނޑުމަގުންދާ ބޯޓުތަކަށް މި ސަރަހައްދުން އަރާ މީހުން ތަމްރީނުކުރުމުގައިވެސް މި ދެ ބައިވެރިން ހަރަކާތްތެރިވާނެ ކަމަށް އައިއޭސީއިން ބުނެފައިވެއެވެ.

ޑރ ހުސައިން ހަލީމާއި އަދި އިބްރާހީމް ޝާޒް މި ވަގުތު ދަނީ މި ކަމަށް ޚާއްސަ ޓްރެއިނިންގ ތަކެއް ފުރިހަމަ ކުރަމުން ކަމަށާއި މި ދެ ބައިވެރިންނަށް ދިވެހިންގެ ސަޕޯޓާއި ހެޔޮ ދުއާ ކޮށްދިނުމަށް މި ޖަމިއްޔާއިން އެދިފައިވެއެވެ.

މީގެ އިތުރުން، މިއީ މި ކުޑަކުޑަ ގައުމަށް ލިބިގެންދާނެ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ދިވެހިންނަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ފަހަށް ޖެހޭނެ ބައެއް ނޫންކަމަށް މުޅި ދުނިޔެއަށް ދިވެހިން އަންނަނީ ދައްކަމުން ކަމަށް އައިއޭސީން ބުނެފައިވެއެވެ.

އައިއޭސީ އިން އަންނަނީ ހާލުގައި ޖެހިފައިވާ އެކި ގައުމުތަކުގެ މުސްލިމް ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved